ޚަބަރު

ގޯތިދޭން ނިންމީ މާލެ ރައްޔިތުންނަށް ނޭވާލެވޭނެ ގޮތެއް ހޯދައިދިނުމަށް: އަސްލަމް

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ މީހުންނަށް ގޯތިދޭން ނިންމީ މާލެ ރައްޔިތުންނަށް ނޭވާލެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅިދައްކަވަމުން އަސްލަމް ވިދާޅުވީ ގޯތި ދިނުމަކީ މިވަގުތު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

“ފުރަތަމަ ދިރިހުރުމަށް މަސައްކަތް ކުރެވޭނީ ނޭވާ ލެވިގެން. އެހެންވެ ނޭވާ ލައްވަން މި އުޅެނީ. ނޭވާލަން ފެށީމަ ދެން އަޅުގަނޑުމެން ކުރަން ޖެހޭ އަދި ބައިވަރު ކަންކަން ހުންނާނެ. މިއުޅެނީ މާލޭގެ ރައްޔިތުންނަށް ހަމައަށް ނޭވާ ލެވޭނެ ގޮތެއް ހޯދައިދޭންވެގެން” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ އެންމެ ބޮޑު މަގުސަދަކީ މާލޭ މީހުންގެ ތެރެއިން ބިން ނެތް މީހުންނަށް ބިން ދިނުން ކަމަށާއި ގޯތި ދިނުމުގެ މަސައްކަތް ކުރިއިރު މާލޭގެ އެއްވެސް ގެއަކަށް ޒިޔާރަތް ކޮށްފައިނުވާނެ ކަމަށެވެ.

”ގަސްތުގައި ނުދިޔައީ ގޭގެއަށް، އެއީ ގޭގެއަށް ވިޒިޓް ކުރީމަ، ކުރީ ފަހަރުގެ ތަޖުރިބާއަކީ ގޭގެ އަށް ދާއިރު، މީހުން ގޭގެއަށް ދާކަން އެނގުނީމަ އެ މީހާ ދައްކަން ބޭނުންވާ ތަނެއްގައި އެ މީހާ އުޅެނީ” އަސްލަމް ވިދާޅުވިއެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

Ads by Allied Insurance
  1. އަބުދުއްލޯ

    އަސްލަމުގެ އާއިލާއައް ކިތައްގޯތި ތީނަތިތާބަހައް ޓާގެން ނިކަމެއްޗަކައް އެއްވެސްތަނެއްނުލިބޭނެ

  2. އަލީބާ

    ޝަރުތު ހަމަވެ ނުލިބުނު މީހުން ވިސްނާތި…! ވޯޓް ނުދޭތި..

  3. ޔަގީނޭ

    މާލެ ސަރަހައްދުން ގޯއްޗަށް ޝަރުތު ހަމަވާ އެންމެނަކީ އެއީ ދިވެހި އައިޑީ ކާރޑެއް އޮންނަ ކޮންމެ މީހެކޭ ކަން މިހެން ހުރުމުން މާލޭގައި 10 ހާސް އަކަފޫޓަށް ވުރެން ކުޑަ ގޯއްޗެއް އޮންނަ މީހުންނާއި އަދި މާލޭ ދަފްތަރުގައި ޖެހިފައިވާ ހުރިހާ އެންމެނާއި އަދި ރާއްޖެތެރޭގައި ދިރިއުޅޭ ކޮންމެ މީހަކަށް މާލެ ސަރަހައްދުން ގޯއްޗެއް ހިލޭ ދިނުމޭ މީއޭ ޝަރުތު ހަމަވުމަކީ ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި މިގޮތަށް މާލެ ސަރަހައްދުން ގޯތި ދޭނެ ކަން އެއީ މަމެންނަށް ޔަގީނޭ

  4. ދޮށީބޭ

    ތިހުރިހާކަމަކަށްވުރެ،އަޅުގަނޑު ހައިރާންވަނީ މި އަސްލަމުގެ ފޮނިކަމާދޭތެރޭގަ.ކަނޑުކޮސް ފޮނިކަމެއް އަބަދުވެސް ފާހަގަކުރެވެނީ..ވަރަށް ދެރަވެ ލަދުގަނޭ’ މިނިސްޓަރެކޯ؟؟؟