ދުނިޔެ

އިމްރާން ޚާންފެ މުޒާހަރާގެ ބައިވެރިން ހުއްޓުވިފައި ނުވާތީ ޕާކިސްތާނުން ތިން އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ދެކޮޅަށް އޭނާގެ ސަޕޯޓަރުން މިދިޔަ މަހު އަސްކަރީ މުދަލަށް ދިން ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ލެފްޓިނެންޓް ޖެނެރަލަކާއެކު އިސް ތިން އޮފިސަރަކު މަގާމުން ވަކިކޮށްފަ އެވެ.

Ads by Sosun Fihaara

މި ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރީ ކޯޓުތަކުގައި މިހާރު ވެސް 102 މީހެއްގެ މައްޗަށް ޝަރީއަތް ހިންގަމުން އަންނަ ކަމަށް މޭޖަރ ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ ވަނީ ހޯމަ ދުވަހު ރާވަލްޕިންޑީގެ ގެރިސަން ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އާންމުންނާއި އަސްކަރީ އޮފިޝަލުންނަކީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ވަޒީފާއިން ވަކިކުރި އިސް އޮފިސަރުންގެ ނަން ހާމަކުރަން ދެކޮޅު ހެއްދެވި ނަމަވެސް، އެ އޮފިސަރުން މަގާމުން ވަކިކުރީ ހަމަނުޖެހުންތަކުގައި އަސްކަރިއްޔާގެ މުދަލުގެ "ސެކިއުރިޓީ އާއި މާތްކަން ދެމެހެއްޓުމުގައި ނާކާމިޔާބުވުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައުދަރީ ވިދާޅުވި ގޮތުގައި އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގަމުންދާ މީހުންނަށް "މަދަނީ ވަކީލުންނަށް ވަނުމުގެ ހައްގު" ގެ އިތުރުން އިސްތިއުނާފު ކުރުމުގެ ހައްގު ވެސް އޮވެ އެވެ.

ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އާންމުންގެ އަސްކަރީ ޝަރީއަތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އިންސާފުވެރި ދިފާއުއެއް ކަށަވަރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަސްކަރީ ޓްރައިބިއުނަލްތައް ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ވެސް ވަނީ ޗެލެންޖްކޮށްފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިދިޔަ މަހު ބުނެފައި ވަނީ ޕާކިސްތާނުގެ އަސްކަރީ ކޯޓުތަކުގައި އާންމުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ސަބަބުން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއް ހިނގާފައިވާ ގޮތުގެ ކެޓަލޮގެއް ލިޔެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!