މުނިފޫހިފިލުވުން

ކައިލީއާއި ޓްރެވިސް އަނެއްކާ ލޯބީގެ ގޮތުން ގުޅިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކައިލީ ޖެނާ އާއި ޓްރެވިސް ސްކޮޓް އަލުން ލޯބީގެ ގޮތުން ގުޅިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކައިލީ އާއި ޓްރެވިސް އަލުން ގުޅުމަށް ފަހު މިހާރު ދިރިއުޅެނީ ވެސް އެއް ގެއެއްގައެވެ. އަދި މިހާރު އެ ދެ މީހުން ގިނަ ވަގުތު އެކުގައި ހޭދަކުރާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ކައިލީ ވެސް އަދި ޓްރެވިސް ވެސް އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކައިލީ އާއި ޓްރެވިސް ގެ ދެ އަހަރުގެ ދަރިއެއްވެސް ހުރެއެވެ. އެއީ ސްޓޯމީ އެވެ.

ކައިލީ އާއި ޓްރެވިސް ގެ ވަކިވީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ކައިލީ ވަނީ އެކަން މީޑިއާ އަށް ޔަގީން ކޮށް ދީފައެވެ. އެގޮތުން ކައިލީ އޭރު ބުނެފައިވާ ގޮތުގައި ޓްރެވިސް އާ އޮތީ ހަމައެކަނި ރަހުމަތްތެރިކަމާއި ސްޓޯމީގެ ބައްޕަ ކަމުން އެ ގުޅުން އެކަންޏެވެ.

ެކުރިން ޓްރެވިސް ބުނެފައިވާ ގޮތުގައި ކައިލީ އާއި އެކީގައި ނޫޅެވުނީ ކައިލީ މާގިނައިން ދަރީން ބޭނުންވާތީއެވެ.

އުމުރުން 22 އަހަރުގެ ކައިލީ އަކީ ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރެވެ. އޭނާގެ ކޮސްޓިއުމް ބްރޭންޑަކީ މިހާރުވެސް ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކޮސްމެޓިކް ބްރޭންޑެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!