އިންޑިއާއަށް މޫސުމީ ވިއްސާރަ އަވަސް, ދަނޑުތައް އަވަހަށް ހެދޭނެ
އިންޑިއާގެ މޫސުމީ މޫސުމުގެ ވިއްސާރަ ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ފޯރާނެ ކަމަށް މޫސުމާ ބެހޭ އިދާރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުތުރުގެ ސްޓޭޓްތަކުގެ ދަނޑުވެރިންނަށް އާދަޔާ ހިލާފަށް ހަފުތާއެއްހާ ދުވަސް ކުރިން ހޫނު މޫސުމުގައި ހައްދާ ގޮވާމުގެ ބާވަތްތައް އިންދުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.
އިންޑިޔާގެ 3 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދުގެ ދިރުން ކަމުގައިވާ މޫސުމީ ވިއްސާރައިގެ ސަބަބުން އެޤައުމުގެ ދަނޑުތަކަށް ފެންދިނުމަށާއި ރިޒާވަރތަކާއި އެކުއިފަރތައް ރީޗާޖްކުރުމަށް ބޭނުންވާ ވާރޭގެ ގާތްގަނޑަކަށް 70 އިންސައްތަ ފޯރުކޮށްދެއެވެ. އަދި ހޫނު މޫސުމުގެ އެންމެ ނުބައި ކަމުން ވެސް ލުޔެއް ލިބެ އެވެ.
އާދައިގެ އަހަރެއްގައި އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރިފަށުގައި އޮންނަ ކެރެލާ ސްޓޭޓަށް އާންމުގޮތެއްގައި ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހި، ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ކުރިން މުޅި ގައުމު ނިވާކުރުމަށް އުތުރަށް ދަތުރުކުރެއެވެ.
މިއަހަރު އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ބިޕާޖޯއި އުފެދުމުގެ ސަބަބުން މޫސުމީ ވިއްސާރަ ފެށުން ލަސްވެ، އެ ވިއްސާރައިގެ ކުރިއެރުން ހުއްޓިފައިވާއިރު، މިދިޔަ ހަފުތާއާ ހަމައަށް ރާއްޖޭގެ ތިންބައިކުޅަ އެއްބައި ވަނީ ކަވަރުކޮށްފަ އެވެ.
ނަމަވެސް ހަފުތާ ބަންދުގައި އަނެއްކާވެސް ވިއްސާރަ ފަށާފައިވާ ކަމަށާއި އަންގާރަ ދުވަހާ ހަމައަށް އުތުރުގެ ސްޓޭޓްތައް ކަމަށްވާ ރާޖަސްތާން، ޕަންޖާބް އަދި ހަރްޔާނާގެ ބައެއް ސަރަހައްދުތައް ފިޔަވައި އެހެން ހިސާބުތަކަށް ވާރޭ ވެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ)ގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.
"މި ހަފުތާ ބަންދުގައި މޫސުން ދެން ހުރި ބައިތައް ވެސް ކަވަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.