ދުނިޔެ

ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އަފްޣާނިސްތާނުގެ އާންމުންގެ 1000 އަށް ވުރެ ގިނަ މީހުން މަރުވި: އދ.

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ފަހުން އަފްޣާނިސްތާނުގައި ދިން ހަމަލާތަކުގައި އާންމުންގެ އަދަދު ގިނަ އަދަދަކަށް މަރުވެ ޒަޚަމްވެފައިވާ ކަމަށް އދއިން ބުނެފިއެވެ.

Ads by Sosun Fihaara

އދއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ މިޝަން (ޔޫއެންއޭއެމްއޭ) އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ 15 އޮގަސްޓް 2021 އިން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އާންމުންގެ 1095 މީހުން މަރުވެ 2679 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިސްކިތްތަކާއި ތައުލީމީ މަރުކަޒުތަކާއި މާރުކޭޓުފަދަ އާންމު ތަންތަނުގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުންނެވެ.

ނޭޓޯގެ ތާއީދު ލިބޭ އަސްކަރިއްޔާ ވެއްޓުމާ އެކު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ހަތިޔާރު އެޅި ހަނގުރާމަތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް ސަލާމަތީ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށާއި ހާއްސަކޮށް އައިއެސްއައިއެލް (އައިއެސްއައިއެސް) ގެ ފަރާތުން ކަމަށް އދގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގިނަ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ތާލިބާނުން ކަމަށް ޔޫއެންއޭއެމްއޭ އިން ބުނެފައިވާއިރު، ހަމަނުޖެހުންތައް މަދުވި ނަމަވެސް ހަމަލާތަކުގެ ސުންގަޑިތައް އިތުރުވެފައިވާކަން ވެސް ޔޫއެންއޭއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

"ޔޫ.އެން.އޭ.އެމް.އޭގެ ތަފާސް ހިސާބުތަކުން ހާމަވެގެންދަނީ މިފަދަ ޙަމަލާތަކުގެ ސަބަބުން މިހާރު ލިބެމުންދާ މަދަނީ ގެއްލުމުގެ އިތުރުން 15 އޮގަސްޓް 2021 އިން ފެށިގެން އަމިއްލައަށް މަރުވެގެން ދިން ޙަމަލާތަކުގެ ލީތަލިޓީ އިތުރުވެ، މަދު ޢަދަދެއްގެ ޙަމަލާތަކުގެ ސަބަބުން ޢާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން" ރިޕޯޓުގައި ބުނެފައިވެއެވެ.

ޔޫ.އެން.އޭ.އެމް.އޭއިން ބުނި ގޮތުގައި 1،700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޒަޚަމްތައް ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!