ދުނިޔެ

ބައިޑަން-މޯދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ޕާކިސްތާނުން އެމެރިކާގެ އެމްބަސީގެ މުވައްޒަފުން ހާޒިރުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ހާޒިރުކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހަފުތާގައި ޕާކިސްތާނުގެ ސަރަހައްދަކީ ހަތިޔާރު އެޅި ޖަމާއަތްތަކުން ހަމަލާދޭ މަރުކަޒެއްގެ ގޮތުގައި ޕާކިސްތާނަށް ބޭނުން ނުކުރުމަށް ގޮވާލާ ނެރުއްވި ބަޔާނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by WAMCO

މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބައިޑަން އާއި މޯދީ ބޭއްވެވި ބައްދަލުވުމަށް ފަހު އެމެރިކާ-އިންޑިއާ ބަޔާން ނެރުނުއިރު، ޕާކިސްތާނުން ވަނީ އެއީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ދައްކަމުންދާ އެއްވެސް އަސާސެއް ނެތް އަދި ސިޔާސީ މަގްސަދެއްގައި ދައްކާ ވާހަކަތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ބެލެވޭ ފަދަ ވާހަކަތައް އެމެރިކާއިން ނުދެއްކުމަށް ބާރު އަޅާފައިވާ ކަމަށެވެ.

އަދި ޕާކިސްތާނާއި އެމެރިކާއާ ދެމެދު ޓެރަރިޒަމާ ދެކޮޅަށް ގުޅުން ބަދަހިވަމުން އަންނަ ކަމަށާއި، ޕާކިސްތާނާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި، އިތުބާރާއި ވިސްނުމުގެ މައްޗަށް ބިނާވެފައިވާ މާހައުލެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެޓް މިލާ ކޮންމެ ދުވަހަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ނަމަވެސް ވޮޝިންޓަނުން ވަކާލާތު ކުރަނީ އިތުރު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!