ފުރަތަމަ ފަހަރަށް އިންޑިއާއިން ވިއެޓްނާމަށް އެކްޓިވް ހަނގުރާމަމަތީ އުޅަނދެއް ހަދިޔާކޮށްފި
އިންޑިއާ ކަނޑުގެ ސިފައިންގެ އެކްޓިވް ޑިއުޓީ މިސައިލް ކޯވެޓެއް ހަދިޔާއެއްގެ ގޮތުގައި ވިއެޓްނާމަށް ދަތުރުކުރަމުން އަންނައިރު، މިއީ އިންޑިއާއިން އެއްވެސް ގައުމަކަށް ދިން ފުރަތަމަ ހަނގުރާމަމަތީ އުޅަނދެވެ.
އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގައި ހަދާފައިވާ ކޯވެޓް އައިއެންއެސް ކިރްޕާން އިންޑިއާގެ އިރުމަތީ އައްސޭރިފަށުން ފުރައިގެން ދިޔައީ ބުދަ ދުވަހު ކަމަށެވެ.
އިންޑިއާ އާއި ވިއެޓްނާމްގެ ގުޅުން މިފަހަކަށް އައިސް ބަދަހިކޮށްފައިވާއިރު، ދިފާއީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީގެން ދެ ގައުމުން ވެސް ކަންބޮޑުވަނީ ހަރުކަށި ޗައިނާގެ ސަބަބުންނެވެ.
މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ރާއްޖެ އާއި މޮރިޝަސް ފަދަ ގައުމުތަކަށް ކުދި ބޯޓުތަކާއި އަސްކަރީ ސާމާނު އަދި މިޔަންމާއަށް ސަބްމެރިން އެއް ދީފަ އެވެ.
ނަމަވެސް ވިއެޓްނާމްގެ ކޯވެޓަކީ ދެކުނު ޗައިނާ ކަނޑުގެ އައްސޭރިފަށެއް އޮންނަ ޗައިނާގެ އަވަށްޓެރި ގައުމަކަށް އިންޑިއާއިން ހަނގުރާމަމަތީ އުޅަނދެއް ދިން ފުރަތަމަ ފަހަރެވެ.
މުޅި ސައުތު ޗައިނާ ސޭގެ އިސްތިގުލާލު ޗައިނާއިން އެތައް އަހަރެއް ވަންދެން ދަމަހައްޓަމުން އަންނައިރު، އެ ސަރަހައްދުގައި އެހެން އަސްކަރިއްޔާތައް ތިބުމުން ޗައިނާއިން އަންނަނީ އިހުސާންތެރިވަމުންނެވެ.
އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ކިރްޕާން ބަދަލުކުރުމުން ދައްކުވައިދެނީ އެއްވިސްނުމުގެ ބައިވެރިންގެ ގާބިލުކަމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
"މިއީ ރަހުމަތްތެރި ބޭރު ގައުމަކަށް އިންޑިއާއިން ފުލް އޮޕަރޭޝަނަލް ކޯވެޓެއް ހަދިޔާ ކުރި ފުރަތަމަ މުނާސަބަތެވެ."
މި ހަދިޔާ އިއުލާނުކުރީ ވިއެޓްނާމްގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ފާން ވެން ޖިއާންގް މި މަހުގެ ކުރީކޮޅު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
1991 ވަނަ އަހަރު އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއަށް މި އުޅަނދު ގެނައުމަށް ފަހު، އެ ބޯޓު ޑިޒައިންކޮށް، އެ ގައުމުގެ ތެރޭގައި އުފައްދައެވެ.