ދުނިޔެ

ޗައިނާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ އެއް ހިނގުމުގެ ސަބަބުން، އެ ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅެމުން އައި 900 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ޗައިނާގެ މީޑިއާތަކުން ބުނެފައި ވަނީ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާ އެއް ހިނގާފައި ވަނީ އަންގާރަ ދުވަހު، އެ ގައުމުގެ ސިޗުއާން ޕްރޮވިންސްގެ ވެންޗުއާން ސަރަހައްދުގައި ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ސަރަހައްދުގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަން މެދުވެރިވީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ.

އެންމެ ބޮޑަށް ވާރޭގެ އަސަރުކޮށްފައި ވަނީ މީހުން ދިރިނޫޅޭ ސަރަހައްދުތަކަށެވެ. ނަމަވެސް ބިންގަނޑުކަނޑައިގެން ދިއުމުގެ ސަބަބަބުން އާއްމުން ދިރިއުޅޭ ހިސާބުތަކަށް ކިސަޑު ފޭބުމާއި ފެންބޮޑުވުމުގެ އަސަރުކޮށް، އާއްމުންނަށް ވަނީ ނުރައްކަލާއި ކރުިމަތިލާން ޖެހިފައެވެ.

ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި މި ހިނގާ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ވެސް ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާ އެއް ވަނީ ހިނގާފައެވެ.

އެ ހާދިސާގައި 14 މީހުން މަރުވެފައިވާ އިރު 5 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
މިފަދަ ހާދިސާތަކާއި ގުޅިގެން މީހުން ދިރިތިއްބާ ވީހާވެސް އަވަހަށް ސަލާމަތްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

އެގޮތުން މި މަހުގެ ކުރީކޮޅު ވެސް މީހުން ސަލާމަތްކުރުމަށް 180 މީހުންގެ ޓީމެއް އެކުލަވާލިއެވެ. އަދި އެ މީހުން މަސައްކަތް ކުރަމުން ދިޔައީ އެންމެ ޒަމާނީ އާލާތްތަކާއި އެކުގައެވެ.

މިދުވަސްވަރު ޗައިނާގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައް ދަނީ ދިމާވަމުންނެވެ.

އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!