މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން އިންޑިއާއަށް ވިސާ ދެނީ
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ވަގުތީ ވިޔަފާރީގެ ވިސާއާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށާއި ނަމަވެސް އެއްވެސް އެއްބަސްވުމެއްގައި އިމިގްރޭޝަންގެ ވައުދުތައް ފުޅާދާއިރާއެއްގައި ނުވަތަ އިންޑިއާގެ މަސައްކަތްތެރިންނަށް އިނގިރޭސިވިލާތުގެ ލޭބާ މާކެޓަށް ވަނުމުގެ ފުރުސަތު ނޯންނާނެ ކަމަށް ޓްރޭޑް މިނިސްޓަރު ކެމީ ބަޑެނޯކް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިނގިރޭސިވިލާތުން އިންޑިއާއާއެކު ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވާއިރު، ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ މަޝްވަރާތަކުގައި ސްޕީޑަށް ކޮލިޓީ ގުރުބާން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ވިޔަފާރީގެ މަޝްވަރާތަކުގައި އިންޑިއާގެ ހިޖުރަވެރިންގެ ސަބަބުން ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ދާޚިލީ ވަޒީރު ސުއެލާ ބްރެވާމަން މިދިޔަ އަހަރު ވާހަކަ ދެއްކެވި އިރު، "އިންޑިއާއާ އެކު އޯޕަން ބޯޑާސް މައިގްރޭޝަން ޕޮލިސީ" އާއި ވިސާ އޯވާސްޓޭ ކުރާ ފަރާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ބަޑެނޯކް އިނގިރޭސިވިލާތުގެ ސްޓޭންޑް ހާމަކުރެއްވީ އިނގިރޭސިވިލާތާއި އިންޑިއާގެ ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ހިޖުރަކުރުމާއި ދަތުރުފަތުރުކުރުމާ ބެހޭ ގޮތުން އެއް އަޑަކުން ވާހަކަ ދައްކަނީ ކިހިނެއްތޯ އާއި "ސިޔާސީ ގޮތުން ބޭރުން އުފެދޭ އަޑުތަކުން" ދުރުހެލިވެވަޑައިގަންނަވަނީ ކިހިނެއްތޯ އެވެ.
"އިންޑިއާއާ އެކު އެފްޓީއޭއެއްގައި އިމިގްރޭޝަނާ ބެހޭ ވައުދުތައް ނުހިމެނޭނެ، އަދި އިނގިރޭސިވިލާތުގެ ޑޮމެސްޓިކް ލޭބާ މާކެޓަށް ވަނުމުގެ ފުރުސަތު ވެސް ނޯންނާނެ،" ބުރާސްފަތި ދުވަހު ޝާއިއުކުރި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ލިޔުމުން ދެއްވި ޖަވާބުގައި ބަޑެނޯޗް ވިދާޅުވި އެވެ.
އަދި އިނގިރޭސިވިލާތުގެ ޕޮއިންޓް ބޭސްޑް އިމިގްރޭޝަން ސިސްޓަމްގެ އުޞޫލުތައް ނުވަތަ މަސައްކަތްތަކަށް ބުރޫއަރާ ފަދަ ނުވަތަ އިނގިރޭސިވިލާތުގެ އަމިއްލަ ބޯޑަރު ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.