ދުނިޔެ

ފްރާންސްގެ ހަމަނުޖެހުން، 3 ވަނަ ރޭ 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފަރަންސޭސިވިލާތުގައި 17 އަހަރުގެ ކުއްޖެއް ގަޔަށް ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގެ ތިންވަނަ ރޭ 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފަރަންސޭސިވިލާތުގެ އެލީޓް ޕޮލިސް ފޯސް، ރެއިޑް އިން ވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން ބޯޑޯ، ލިޔޯން، ރައުބައިކްސް، މާސޭ އަދި ލިލީ ފަދަ ސިޓީތަކަށް ހަރަކާތްތެރިވެފައެވެ. މިހަމަނުޖެހުންތައް ހިނގަން މެދުވެރިވި އުމުރުން 17 އަހަރުގެ ނަހޭލް މަރާލާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ފްރާންސްގެ ދާޚިލީ ވަޒީރު ޖެރަލްޑް ޑާމަނިން ބީއެފްއެމްޓީވީއަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ފްރާންސްގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި 421 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޕެރިސް ފުލުހުންނާ ހަވާލާދީ ބީއެފްއެމްޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ޕެރިސް ސަރަހައްދުގައި، ހައުޓްސް-ޑި-ސީން، ސެއިން-ސެއިންޓް-ޑެނިސް އަދި ވަލް-ޑި-މާނޭގެ ޑިޕާޓްމަންޓްތަކުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!