ދުނިޔެ

ޗައިނާއިން ޤައުމުތަކަށްދޭ ދަރަނި ކުޑަކުރަން މަސައްކަތް ނުކުރާކަމުގެ ޝަކުވާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ޗައިނާގެ ދަރަނި ލުއިކުރުމުގެ އަގު 50 އިންސައްތައަށްވުރެ ދަށްވެފައިވާކަމަށް ރޯޑިއަމް ގުރޫޕުގެ ރިޕޯޓެއްގައި ބުނެފިއެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެންމެ ބޮޑު ބައިލެޓަރަލް ކްރެޑިޓަރުގެ ހައިސިއްޔަތުން ޗައިނާއަކީ ގްރޫޕް އޮފް 20 އިސްވެ އޮވެ އުފައްދާފައިވާ "ކޮމަން ފްރޭމްވޯކް" އާއި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) މެދުވެރިކޮށް ކުރިއަރަމުން އަންނަ އަދި ފްރޮންޓިއާ މާކެޓްތަކަށް ދަރަންޏަށް ލުޔެއް ހޯދައިދިނުމުގައި ހަރުދަނާ ކުރިއެރުންތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބައިވެރިވާ ގައުމެކެވެ.

އާ ސޮވެރިން ޑެޓް ނެގޯޝިއޭޝަންސް އާއި ޗައިނާގެ ކްރެޑިޓަރުން ބައިވެރިވާ ޒީރޯ އިންޓްރެސްޓް ލޯނު ރައިޓް އޮފްގެ އަދަދު 2021 ވަނަ އަހަރު 19 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2022 ވަނަ އަހަރު އެ އަދަދު ނުވަ ބިލިއަން ޑޮލަރަށް އަދި 2023 ވަނަ އަހަރުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 1.7 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

ބުރާސްފަތި ދުވަހުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، ދަރަނިވެރިވެފައިވާ ގައުމުތައް އަނބުރާ ފައިމައްޗަށް ވެއްދުމުގެ މަރުހަލާ އަވަސްކޮށް ލުއިކޮށްދިނުމަށް ޗައިނާއިން ގާއިމުކޮށްފައިވާ މަލްޓިލޭޓަރަލް އިނިޝިއޭޓިވްސްއަށް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް، ޗައިނާގެ އޮފިޝަލުން ސަސްޕެންޝަން އެގްރީމެންޓްތައް ބައިލެޓަރަލްކޮށް މަޝްވަރާ ކުރަމުން ދިޔަ ކަމަށާއި، މަދު ގައުމެއްގައި ދަރަނި ލުއިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޗައިނާއިން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު 8.2 ބިލިއަން ޑޮލަރު ދެއްކުން ފަސްކުރި ނަމަވެސް އެންގޯލާއަށް އެކަނި ވެސް ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ލިބުނު އިރު، ޕާކިސްތާނަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ޑިފަރަލްގެ ގޮތުގައި ލިބުނު އިރު، އޭގެ ފަހުން ކެންޔާ އާއި ރިޕަބްލިކް އޮފް ކޮންގޯ އަށް ވެސް ފައިސާ ދެއްކުން ފަސްކޮށްފައިވާ ކަމަށް ދިރާސާ ޖަމިއްޔާއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!