ޔޫކްރެއިންގެ މައްސަލައިގައި ފޯނުން ގުޅައިގެން މަޝްވަރާކޮށްފި
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޔޫކްރެއިންގެ ވަށައިގެންވާ ހާލަތާއި، ހަތިޔާރު އެޅި ކުލީ ސިފައިންގެ ބަޣާވާތެއް މޮސްކޯއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ހައްލުކުރި ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ކްރެމްލިން އާއި ނިއު ދިއްލީން ބުނެފި އެވެ.
މޮސްކޯއިން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެގްނާ ކުލީ ސިފައިންގެ ޖަމާއަތުން ހިންގި ބަޣާވާތާ ގުޅިގެން ރަޝިއާގެ ލީޑަޝިޕުން ނިންމި ނިންމުމަށް މޯދީ ތާއީދު ކުރައްވާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ވާޗުއަލް ސަމިޓަކަށް އަންގާރަ ދުވަހު މޯދީއާ އެކު ޕުޓިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅުންގެ މަޝްވަރާތަކުގައި ރަޝިއާގައި ދާދި ފަހުން ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ބޮޑުވަޒީރަށް ދެއްވި ކަމަށެވެ.
މި ގޮތަށް ގޮވާލާފައި މިވަނީ މިދިޔަ ހަފުތާގައި މޯދީ ވޮޝިންޓަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމެރިކާ އާއި އިންޑިއާ އަކީ "ދުނިޔޭގެ އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެއް" ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.
ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން އިންޑިއާއިން އެގައުމުގެ ކުރީގެ ބައިވެރިޔާ ރަޝިއާ ކުށްވެރިކޮށްފައި ނުވާއިރު، ޑިޕްލޮމަސީގެ ޒަރިއްޔާއިން ދެ ފަރާތުގެ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް އިންޑިއާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޯދީ މިދިޔަ އަހަރު ޕޫޓިންއަށް ވިދާޅުވީ "މިއަދުގެ ޒަމާނަކީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށެވެ.
"ޔޫކްރެއިންގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ބޮޑުވަޒީރު (މޯދީ) ވަނީ މަޝްވަރާއާއި ޑިޕްލޮމަސީއަށް ގޮވާލެއްވި ކަން ތަކުރާރު ކުރައްވައިފަ އެވެ،" ނިއު ދިއްލީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރަޝިއާގެ ވެގްނަރ ކުއްޔަށް ހިފާ ފައިވާ ޖަމާއަތުގެ ވެރިޔާ ޔެވްޖެނީ ޕްރިގޯޒިން ހޮނިހިރު ދުވަހު ބޭއްވި ހަތިޔާރު އެޅި ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވެ މުޅި ދުނިޔެ ހައިރާންކޮށްލި އެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވާލް ވެސް ވަނީ ނާކާމިޔާބު ބަޣާވާތާ ބެހޭ ގޮތުން ބުދަ ދުވަހު އެ ގައުމުގެ ޚާރިޖީ ވަޒީރު ނިކޮލައި ޕަޓްރުޝޭވްއާ ވާހަކަ ދައްކަވާފަ އެވެ.
ދިފާއީ ބޭނުންތަކަށް މޮސްކޯއަށް ބަރޯސާވެފައިވާ އިންޑިއާ އިން ވަނީ ރަޝިއާގެ އަގުހެޔޮ ތެޔޮ އެތެރެކުރުން ވަރަށް ބޮޑަށް އިތުރުކޮށް، ހުޅަނގުގެ ގައުމުތައް މާޔޫސްކޮށްލާފަ އެވެ.