ޚަބަރު

މިއީ 10،000 ކުދިން ވިއްސި ނަރުހެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނަރުހުންނާއި ފޫޅުމައިންނަކީ އިންޑިއާގެ ސިއްޙީ ނިޒާމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެކެވެ. ވަސީލަތްތައް މަދުކަމާއެކު، ނަރުހުންނާއި ފޫޅުމައިންނަށް ހުރި ގޮންޖެހުންތައް ވެސް މަދެއް ނޫނެވެ. ކަތިޖާ ބީބީ އަކީ ނަރުހެއްގެ ގޮތުގައި ދިގު 33 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތެކެވެ. 10،000 ކުދިން ވިއްސުމުން، އިންޑިއާ ސަރުކާރުން ވަނީ، މިކަން ފާހަގަކޮށް، އޭނާއަށް އެވޯޑު ވެސް ދީފައެވެ.

Ads by Hajj Corporation

"އަހަރެން އެންމެ ބޮޑަށް ފަޚުރުވެރިވަނީ، 10،000 ކުދިން ވިއްސިއިރުވެސް، އަހަރެންގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ކުއްޖަކު މަރުވެފައި ނުވާތީ." އުމުރުން 60 އަހަރުގެ ކަތީޖާ، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަށް އަލިއަޅުވައިލައި ބުންޏެވެ.

މަސައްކަތުގައި މިވީހައި ދުވަހު، ކަތީޖާއަށް ފެނުނު އެންމެ އުފާވެރި ބަދަލުތަކަކީ، ސިއްޙީ ނިޒާމަށް އައި ކުރިއެރުންތަކާއެކުގައި، ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދު ދަށްވުމާއި، އަންހެން ކުދިން އުފަންވުމުން، އެކުދިން ބަލައިގަތުން އިތުރުވުން ކަމަށް އޭނާ ބުނެއެވެ. އިންޑިއާގެ ބައެއް ހިސާބުތަކުގައި، އަންހެން ކުދިން ލިބުމަކީ ބަދުނަސީބު ކަމަށް ދެކެއެވެ.

ނަރުހެއްގެ ގޮތުގައި ކަތީޖާ މަސައްކަތް ކުރަން ފެށީ، 1990 ވަނަ އަހަރުއެވެ. އޭރު އޭނާ އިނީ ދަރިއަކަށް ބަލިވެއެވެ. ނަމަވެސް ބަނޑަށް ހަތްމަހުގައި އޭނާ އުޅުނީ، އެހެން އަންހެނުން ވިއްސުމުގައި އެހީވާށެވެ. ކަތީޖާ ބުނީ، ވިހެއުމަށްފަހުގައި "މެޓާނިޓީ ލީވް"އަކަށް އޭނާ ނެގީ، ދެ މަސް ކަމަށެވެ.

ކަތީޖާ ރިޓަޔަރވުމަށްފަހު، އަމިއްލަ ކްލިނިކެއް ހިންގާއިރު، އެތަނުން ސިޒޭރިއަންގެ ޚިދުމަތެއް ނުދެއެވެ. ކަމެއް ގޯސްކޮށް އުޅޭކަމަށް ފެންނަ ނަމަ، އޭނާ ޕޭޝަންޓް ފޮނުވަނީ ހޮސްޕިޓަލަށެވެ.

އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަވަށު ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މަންމަ، ޒުލައިކާ ކަމަށް ކަތީޖާ ބުނެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!