ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ، މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރު ކަމަށެވެ. އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އާތިފާ އަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެއެވެ.