ދުނިޔެ

ޑިމޮކްރަސީއާއި ހަމަހަމަކަން އެއީ އިންސާނީ ކަރާމާތް: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑިމޮކްރަސީ އާއި ހަމަހަމަކަމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުން ފަދަ އިންޑިއާގެ އަސާސްތައް އިންސާނީ އަސާސްތަކަކަށް ބަދަލުވަމުންދާ ކަމަށާއި އިންޑިއާގެ މުއްސަނދި ތައުލީމީ ނިޒާމުގެ ސަބަބުން އިންޑިއާގެ ކުރިއެރުމަށް މަގުފަހިވެފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

Ads by WAMCO

ދިއްލީ ޔުނިވާސިޓީގެ ސަތޭކަ އަހަރު ފުރުމުގެ ރަސްމިއްޔާތު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވަނީ އެމެރިކާއާ އެކު އިނީޝިއޭޓިވް އޮން ކްރިޓިކަލް އެންޑް އިމާޖިން ޓެކްނޮލޮޖީ (އައިސީއީޓީ) އަށް އިޝާރާތް ކުރައްވައި، އާޓިފިޝަލް އިންޓެލިޖެންސް އިން ފެށިގެން ސެމިކޮންޑަކްޓަރުންނާ ހަމައަށް ރާއްޖޭގެ ޒުވާނުންނަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި މީގެ ސަބަބުން އެއްޒަމާނެއްގައި ޒުވާނުންގެ އަތްފޯރާ ފަށުގައި ހުރި ޓެކްނޮލޮޖީތަކަށް ވާސިލުވެ، ހުނަރު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ މައިކްރޯން، ގޫގުލް، އެޕްލައިޑް މެޓީރިއަލްސް ފަދަ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ސަބަބުން ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއްގެ މަންޒަރު ފެނިގެންދާ ކަމަށެވެ.

އެ ޔުނިވަރސިޓީގެ ނޯތު ކެމްޕަހުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފެކަލްޓީ އޮފް ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސެންޓަރ އަދި އެކަޑަމިކް ބްލޮކްގެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބޮޑުވަޒީރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މެސެޖުގައި، ހަނދާނީ ސެންޓެނަރީ ވޮލިއުމް - ކޮމްޕިލޭޝަން އޮފް ސެންޓެނަރީ ސެލެބްރޭޝަންސް ނެރުއްވިއެވެ. ލޯގޯ ފޮތް - ދިއްލީ ޔުނިވާސިޓީ އާއި އެ ޔުނިވާސިޓީގެ ކޮލެޖުތަކުގެ ލޯގޯ؛ އަދި އައުރާ - 100 އިޔަރސް އޮފް ދަ ޔުނިވަރސިޓީ އޮފް ދިއްލީ.

ބޮޑުވަޒީރު މެޓްރޯ ދަތުރެއްގައި ދިއްލީ ޔުނިވާސިޓީއަށް ވަޑައިގަތެވެ. އަދި މި ދަތުރުގައި ދަރިވަރުންނާ މުއާމަލާތް ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!