ހޮންގްކޮންގްގެ ޑިމޮކްރަސީއަށް ތާއީދުކުރާ ރޭޑިއޯ ބަންދުކޮށްފި
ހޮންގްކޮންގްގެ ޑިމޮކްރަސީއަށް ތާއީދުކުރާ އޮންލައިން ސިޓިޒަންސް ރޭޑިއޯ ސްޓޭޝަނުން މިދިޔަ ހުކުރު ދުވަހު އެ ސްޓޭޝަންގެ ފައިނަލް ޝޯ ދައްކާފައިވާއިރު، އެ ސްޓޭޝަންގެ ބާނީ ސިފަކުރި ގޮތުގައި ނުރައްކާތެރި ސިޔާސީ ހާލަތެއްގެ ގޮތުގައި ސިފަކުރުމާއި އެ ތަނުގެ ބޭންކް އެކައުންޓް ފްރީޒްވުމުގެ ސަބަބުން އެ ސްޓޭޝަންގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމައިފި އެވެ.
ތަޖުރިބާކާރު އެކްޓިވިސްޓެއް ކަމަށްވާ ސަންގް ކިން-ޝިންގް 2005 ވަނަ އަހަރު ލޯންޗްކުރި ކެންޓޯނީޒް ބަހުގެ ބްރޯޑްކާސްޓަރަކީ ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔަމުން ދިޔަ ހަރުކަށި ޓޯކް ޝޯތަކުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެތައް އަހަރެއް ވަންދެން ކުރަމުން އައި ކެމްޕެއިނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ބްރޯޑްކާސްޓަރެކެވެ.
އެތަން ބަންދުކުރުމަކީ ހޮންގްކޮންގްގެ މީޑިއާގެ ތަފާތުކަން އިތުރަށް ހަލާކުވެގެންދާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ޗައިނާއިން ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ގެނައުމުގެ ސަބަބުން އެޕަލް ޑެއިލީ ނޫހާއި ސްޓޭންޑް ނިއުސް ފަދަ ލިބަރަލް އެހެން އައުޓްލެޓްތައް މިހާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.
"މިރޭގެ ޝޯއަށް ފަހު ބްރޯޑްކާސްޓް ކުރުން މެދުކަނޑާލުން ނޫން ގޮތެއް ނެތް،" ސްޓޭޝަންގެ ހުރިހާ ހޯސްޓުން އަލްވަދާއު ކިޔަން ކުޑަ ސްޓޫޑިއޯއަކަށް ވަދެ ފައިނަލް ބްރޯޑްކާސްޓް ކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަންގް ބުންޏެވެ.
"ހޮންގްކޮންގްގެ ސިޔާސީ މަސްރަހަށް ކުރިމަތިވެފައި ވަނީ ކްލިފް ކަހަލަ ބަދަލެއް. މި ޕްރޮގްރާމަށް މެހެމާނުންނަށް ދައުވަތު ދިނަސް އެމީހުންނަށް މިނިވަންކަމާ އެކު ވާހަކަ ނުދެއްކޭނެ، ރެޑްލައިން ހުރިހާ ތަނެއްގައި ވެސް އޮންނާތީ."
2019 ވަނަ އަހަރު ޑިމޮކްރަސީއަށް ތާއީދުކުރާ ހަރަކާތެއްގައި އެތައް މިލިއަން ބަޔަކު މަގުމައްޗަށް ނެރުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ ކުރީގެ ކޮލޮނީގައި ހިޔާލު ތަފާތުވުންތައް ހުއްޓުވައި، ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން 250 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފި އެވެ.
"ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ތިޔަ ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން. އުއްމީދަކީ ވަރަށް އަވަހަށް ފެންނާނެ ކަމަށް!" ސާންގް ވިދާޅުވި އެވެ.