ދުނިޔެ

އިންޑިއާއިން 12 ޑޮލަރަށްދޭ ފޯނެއް އުފައްދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ 12 ޑޮލަރަށް އިންޓަނެޓާ ގުޅިފައިވާ މޯބައިލް ފޯނުގެ އާ މޮޑެލްއެއް ތައާރަފްކުރަނީ ގާތްގަނޑަކަށް ބިލިއަން މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން ބޭނުންކުރާ ފޯނުތަކުގެ މާކެޓަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

Ads by WAMCO

"ޖިއޯ ބާރަތު" ފޯނު ތައާރަފްކުރުމަކީ އިންޑިއާގައި ގާތްގަނޑަކަށް 250 މިލިއަން މީހުން ބޭނުންކުރާ ސްމާޓްފޯން ނޫން "ފީޗާ" ފޯނުތަކަށް އަމްބާނީ ބާޒާރަށް އެންމެ އަގުހެޔޮކޮށް ވަނުމެވެ. އަމްބާނީގެ ޑޭޓާ ޔުނިޓް ރިލަޔަންސް ޖިއޯ އިން ބުނި ގޮތުގައި ފުރަތަމަ ލިބޭނީ ޓްރަޔަލް އުސޫލުންނެވެ.

999 ރުޕީސް ނުވަތަ 12 ޑޮލަރަށް މާކެޓްކޮށްފައިވާ މި ޕްރޮޑަކްޓަކީ 2016 ވަނަ އަހަރު އިންޑިއާގެ މޮބައިލް ޓެލެކޮމްގެ ދާއިރާ އަށް އެންމެ ފުރަތަމަ ހިލޭ ޑޭޓާ އާއި ސުޕަ އަގުހެޔޮ ވޮއިސް ޕްލޭންތައް ތައާރަފްކޮށް، އިންޑިއާގެ މޮބައިލް ޓެލެކޮމްގެ ދާއިރާ ބަދަލުކޮށްލި ގޫގުލް އާއި ފޭސްބުކްގެ އެހީތެރިކަން ލިބޭ ޖިއޯގެ އެންމެ ފަހުގެ ހުރަހެވެ. މިފިޔަވަޅުގެ ސަބަބުން ވަރުގަދަ ވާދަވެރިކަމެއް އުފެދި، ޖިއޯ އާއި މިހާރުގެ ބާރްތީ އެއާޓެލް އިން ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މޮބައިލް މާކެޓް ކޮންޓްރޯލް ކުރަމުން ދިޔައީ ހަރުދަނާ ޑުއޯޕޮލީއެއްގެ ގޮތުގަ އެވެ. ޖިއޯ އަކީ ރިލަޔަންސް އިންޑަސްޓްރީޒް ގެ ކޮންގްލޯމަރޭޓްގައި ހިމެނޭ ކުންފުންޏެކެވެ.

ބެންގަލޫރުގެ ކޮންވާޖެންސް ކެޓަލިސްޓްގެ ފައުންޑާ އަދި ޕާޓްނަރު ޖަޔަންތު ކޯލާ ވިދާޅުވި ގޮތުގައި ފެށުނީއްސުރެ ޖިއޯގެ ޕްރައިސިން ސްޓްރެޓެޖީގެ ސަބަބުން "އެ މީހުން ދަނީ އިންޑިއާގެ ކޮންމެ މީހަކަށް ކަން އެނގެ އެވެ.

"އިންޑިއާގެ [ޑޭޓާ] ސަބްސްކްރައިބަރުންގެ 20 ޕަސެންޓް އަދިވެސް ތިބީ ފީޗާ ފޯނުތަކުގައި،" ޖިއޯގެ އެންމެ ފަހުގެ ފިޔަވަޅަކީ މީގެ ކުރިން އައުޓް އޮފް ރީޗް އަގުތަކުން އޮންލައިންވުމަށް ހުރަސް އެޅި އެންމެ ދަށް އާމްދަނީ ލިބޭ ކަސްޓަމަރުން "މޮޕިން" ކުރުން ކަމަށް ކޯލާ ސިފަކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!