ޓައިވާންގެ މަޝްހޫރު ކުންފުނިތައް އިންޑިއާއަށް ބަދަލުވާން ބަލަނީ
ޓައިވާނުގެ މަޝްހޫރު ކުންފުނިތަކުން ޗައިނާގެ މާކެޓަށް އެކްސްޕޯޒްވުން ހުއްޓުވުމުގެ ގޮތުން އެ ކުންފުނިތަކުގެ މެނުފެކްޗަރިން ބޭސްތައް އިންޑިއާއަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓައިވާން ސަރުކާރުގެ އިސް ސިޔާސަތުތައް ކަނޑައެޅުއްވި ފަރާތްތަކުން ބުނެފި އެވެ. އެންމެ ފަހުން މިކަން ހިނގާފައި މިވަނީ ބެއިޖިންއާ އެކު އެ ރަށުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ޓައިވާނުގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކާއޯ ޝީން-ކުއީ ވިދާޅުވީ ސެމިކޮންޑަކްޓަރުތަކާއި އިލެކްޓްރޯނިކްސް ސާމާނު އުފެއްދުން ފަދަ ކުރިއަރަމުން އަންނަ އަދި ކްރިޓިކަލް ޓެކްނޮލޮޖީގެ ދާއިރާތަކުގައި ނިއު ދިއްލީ އާއި ޓައިޕޭއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިމަހުގެ 2 ވަނަ ދުވަހު ޓައިޕޭގައި ބޭއްވި ބައިނަލްއަޤްވާމީ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޝީން-ކުއީ އިތުރަށް ވިދާޅުވީ ޓައިވާނުގެ މަޝްހޫރު ޓެކް ކުންފުނިތަކުން އިންޑިޔާއަކީ ދުނިޔޭގެ ސަޕްލައި ޗެއިންތައް ކުރިއެރުވުމަށް އެންމެ މުހިންމު މަންޒިލެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ޗުންގް-ހުއާ އިންސްޓިޓިއުޝަން އޮފް އިކޮނޮމިކް ރިސާޗްގެ ޕްރިމިއާ ޕޮލިސީ ތިންކް ޓޭންކް ޓައިވާން އާސިއާން ސްޓަޑީޒް ސެންޓަރުގެ ޑިރެކްޓަރު ކްރިސްޓީ ޓްސަން-ޒޫ ސޫ ވިދާޅުވީ އިންޑިއާއަކީ ޓައިވާނަށް މުހިންމު ގައުމެއްގެ ގޮތުގައި ސިފަކުރައްވާ، ޗައިނާގައި ހަރަކާތްތެރިވާ ޓައިވާނުގެ ކުންފުނިތަކުން ބަލަނީ އެތެރޭގެ ކަސްޓަމަރުންނަށް ބަލަހައްޓައިގެން ދުނިޔޭގެ ސަޕްލައި ޗެއިން އެ ގައުމުން "ޑީކަޕްލް" ކުރުމަށް ކަމަށެވެ.