ދުނިޔެ

އިންޑިއާއިން 290,000 ޓަންގެ ހަނޑު މާލީއަށް އެތެރެ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީއަށް ސަރުކާރުން ސަރުކާރަށް (ޖީޓޫޖީ) މަގުން އިންޑިއާއިން 290،000 ޓަނުގެ މުޅިން ފަޅައިގެން ގޮސްފައިވާ ހުދު ހަނޑޫ އެކްސްޕޯޓް ކުރާނެ ކަމަށް ބެލެވެ އެވެ.

Ads by WAMCO

މިފިޔަވަޅު އެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން މުޅިން ފަޅައިގެން ގޮސްފައިވާ ހުދު ހަނޑުލުގެ ބާވަތްތައް އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އެގައުމުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޭނުންވާ ކަންކަން ފުއްދުމަށް ހުއްދަ ދިނުމަށް އިންޑިއާ ސަރުކާރުން މިދިޔަ މެއި މަހު ނިންމުމާ ގުޅިގެންނެވެ.

އެމްއީއޭ (މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް) އިން ވަނީ 290،000 ޓަނުގެ ފުލް ބްރޭކްޑް ރައިސް އެކްސްޕޯޓް ކުރުމަށް މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ ފަރާތުން އެދިފައި،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން މި މައްސަލަ ބެލުމަށްފަހު އުސޫލު އިއުލާނު ކުރުމުން 240،000 ޓަނާއި 50،000 ޓަނުގެ ވަކި ދެ ލޮޓަކަށް އެ އަދަދު އެކްސްޕޯޓް ކުރެވޭނެ." މިއީ ޕާބޮއިލްޑް ރައިސް ފިޔަވައި މުޅިން ފަޅައިގެން ގޮސްފައިވާ ހުދު ހަނޑޫ ސަޕްލައި ކުރުމަށް އިންޑިއާއަށް ބަލަމުންދާ އެފްރިކާގެ ގައުމުތަކުން ޑިމާންޑް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މުޅިން ފަޅައިގެން ގޮސްފައިވާ ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތުމުން، 70 އިންސައްތަ ހަނޑޫ ބޭނުންކުރާ މިންވަރު ފޫބެއްދުމަށް އިންޑިއާއަށް ބަރޯސާވާ އެފްރިކާގެ ގައުމުތަކުން ވަނީ ބާސްމަތީ ނޫން ހަނޑުލަށް ބަދަލުވެފަ އެވެ. އޯލް އިންޑިއާ ރައިސް އެކްސްޕޯޓާސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ވިނޯދް ކޯލް ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި އެފްރިކާގެ ގައުމުތަކުން ބާސްމަތީ ނޫން ހަނޑޫ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 35 ޕަސެންޓް އިތުރުވެ، ގާތްގަނޑަކަށް 2.1 މިލިއަން ޓަނު (އެމްޓީ) އިތުރުވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!