ބޮއިންގް އިން އިތުރު އިންވެސްޓްމެންޓްތައް އިންޑިއާއަށް ގެންނަނީ
އެމެރިކާގެ އެރޯސްޕޭސް ކުންފުނި ބޮއިންގް އިން އިންޑިއާއިން މަތިންދާބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ސްޓްރެޓެޖިކް ގޮތުން އިތުރުކުރަމުން އަންނަ އިރު، އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން މާކެޓުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެނުފެކްޗަރިން ޔުނިޓެއް ގާއިމުކުރުމުގެ ފުރުސަތު ވެސް ބަލަމުން އަންނަ ކަމަށް އެމެރިކާގެ ސީނިއާ އެގްޒެކެޓިވް އަކު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"އިންޑިއާއިން އޯވަރޯލް ސޯސިން އިތުރުކުރުމުގެ ވިސްނުން އެބަހުރި. ފައިނަލް އެސެމްބްލީގައި ވަރަށް ގިނަ ވެލިއުއެއް އެއްތަނަކަށް އަންނާތީ ސްމާޓްފޯން އުފެއްދުމާއި އެއާކްރާފްޓް އުފެއްދުން ވަރަށް ތަފާތެވެ. ސިވިލް އޭވިއޭޝަންގައި، ފައިނަލް އެސެމްބްލީ ބާއްވާ ތަނަށް ބެލުމެއް ނެތި މަތިންދާބޯޓުގެ އިކޯސިސްޓަމް ވަރަށް ބޮޑަށް ބެހިފައި ހުރެ އެވެ. އިންޑިއާގެ އަގަކީ މަތިންދާބޯޓެއްގެ އެކި ކޮމްޕޯނެންޓްތަކަށް ގިނަ އިން މަސައްކަތް ކުރުން، އަދި ހަމަ އެ ހިސާބުން އަޅުގަނޑުމެން ފޯކަސް ކުރަނީ،" ބޮއިންގް އިންޑިއާގެ ރައީސް ސަލިލް ގުޕްތޭ ވިދާޅުވި އެވެ.
"އިންޑިއާގައި ފައިނަލް އެސެމްބްލީގެ ބިޒްނަސް ކޭސް ވެސް އިވެލުއޭޓް ކުރަމުން މިދަނީ. ހަމަކަށަވަރުން، ފައިނަލް އެސެމްބްލީގެ ފުރުޞަތު އެބައޮތެވެ. މިއީ ވިޔަފާރީގެ މައްސަލަ އަށް ވިސްނައިދޭ ވަގުތެއް،" ގުޕްތޭ ވިދާޅުވި އެވެ.
އެންޑިއަން އޭވިއޭޝަނުން ވަނީ ދާދި ފަހުން ދުނިޔޭގެ ސްޓޭޖަށް އައުމަށް ހަލުވި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ އިތުރުން އިންޑިއާގެ އެއާލައިންތައް ކަމަށްވާ އެއާ އިންޑިއާ އާއި އިންޑިގޯ އިން ވެސް ވަނީ 2023 ވަނަ އަހަރު 470 އަދި 500 މަތިންދާ ބޯޓަށް އެންމެ ބޮޑު ދެ މަތިންދާ ބޯޓު އޯޑަރު ދީގެން ތާރީހު އުފައްދައިފަ އެވެ.
ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޕެސެންޖަރ ޖެޓް އުފައްދާ ބްރެޒިލްގެ އެރޯސްޕޭސް ކުންފުންޏެއް ކަމަށްވާ އެމްބްރެއާ އިން ޓާޓާ އާއި މަހިންދްރާ ގްރޫޕާ އެކު މަތިންދާބޯޓު އުފެއްދުމަށް އެލަޔަންސެއް އުފައްދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިންޓް އިން މިދިޔަ ޖޫން މަހު ވަނީ އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފަ އެވެ.
ބޮއިންގް އާއި އެމްބްރޭއާ އިން އިންޑިއާގައި އުފެއްދުންތެރިކަމުގެ ފުރުސަތުތައް އިވެލުއޭޓް ކުރަމުން އަންނައިރު، ފްރާންސްގެ ވާދަވެރި އެއާބަސް އިން އިންޑިއާގައި މަތިންދާ ބޯޓުތައް އެސެމްބްލް ކުރުމުގެ ވިސްނުމެއް ނެތެވެ. އެއާބަސްގެ އެއާކްރާފްޓް އެސެމްބްލީ ފެސިލިޓީއެއް ޗައިނާގައި ހުރެ އެވެ.