ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ކައުންސިލުން އިތުރު ވަގުތު ދެއްވައިފިއެވެ.

Ads by Hajj Corporation
އެމްއެމްސީއިން ނޫސްވެރިންގެ އެވޯޑަށް ކުރިމަތިލުމަށް ކުރިން ހުޅުވައިލީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް މިހާރު ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

މިދިޔަ އަހަރު ގޮތަށް މިއަހަރުވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާ އަކުންނެވެ.

ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ބޭނުމަކީ އެމީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!