ރިޕޯޓް

ނިޔަފަތި ކެއުމަކީ ފަސޭހައިން ވައިރަސް ފެތުރޭނެ ކަމެއް!

ދެން އެމްވީ ، ދެން އޮންލައިން

ވޭތުވެދިޔަ އެއް މަސް ދުވަހުން ފެށިގެން މުޅި ދުނިޔެ އެލާޓްގައި ތިބީ ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް 19 ގެ ސަބަބުންނެވެ. މި ބަލި ފުރަތަމަ ފެނުނު ޗައިނާއިން ވެސް ވަނީ މިއަދާއި ހަމައަށް އެތައް ހާސް މީހުންނެއް މަރުވެފައެވެ. ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ކޮވިޑް 19 ފެތުރެމުން ދާއިރު، ފަރުދީ ގޮތުން ބަލިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެކެވެ.

Ads by MWSC

އެލާޖީ އަދި އިންފެކްޝަން ބަލިތަކުގެ ތަޖްރިބާކާރެއް ކަމަށްވާ ޕުރުވީ ޕާރަހް ބުނެފައިވާ ގޮތުގައި ގައިން ގައިން އަރާ ގިނަ ވައިރަސްތައް އެންމެ ފަސޭހައިން ޖެހޭ އެއް ގޮތަކީ އަތުގެ އިނގިލިތައް ނުވަތަ އިނގިލިތަކުގެ ނިޔަފަތިތައް އަނގަޔަށް ލުމުންނެވެ. ނިޔަފަތި ގަނޑާއި ހަންގަނޑު ދޭތެރޭގައި ޖަރާސީމް ވަރަށް ބޮޑަށް އެކުލެވޭނެއެވެ. ސެނިޓައިޒަރ ނުވަތަ ސައިބޯނި ލައިގެން އަތްނުދޮވެ ނިޔަފަތި އަނގަޔަށް ލުމަކީ ވަރަަށް ފަސޭހައިން ބަލިތައް ޖެހޭނެ ގޮތެކެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ސިއްހީ ތަޖްރިބާކާރުން އެހާ ވަރަށް އިލްތިމާސް ކުރަމުންދާ މި ދަނޑިވަޅުގައި ނިޔަފަތި ކެއުން ނުވަތަ އަނގަޔަށް އިނގިލި ލުން ފަދަ ކަންކަމުން ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް މީހުން ނިޔަފަތި ކެއުން ފަދަ ކަންކަން ކުރަނީ އެކަމުގެ ސަބަބުން ސިއްހަތަށް ކުރާ ގެއްލުމާއި ހުށަހެޅިގެންދާ ނުރައްކާތެރިކަން ނޭނގޭތީއެވެ.

އާއްމުކޮށްވެސް ނިޔަފަތި ކެއުން ފަދަ ކަންކަން ކުރުމަށް އާދަވެފައިވާ މީހެއް ނަމަ، އެކަމުން ދުރުވުމަށް މަސައްކަތް ކުރަން ވާނެއެވެ. އެގޮތުން، ޗުއިންގަމް ކައިގެން ނުވަތަ އަތަށް އަންގިއެއް ލައްވައިގެން އެކަން ކުރުމުން ދުރުވުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އެކި ކަހަލަ ނުރައްކާތެރި ރޯގާ އާއި އަދި ހުމާއި ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް ސާފުތާހިރުކަމަށް ސަމާލުކަންދީ، ސާފުކޮށް އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދިވެހި ރާއްޖެއިން ވެސް މިވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ދެ ބިދޭސީން ފެނިފައެވެ. ރާއްޖެއަށްވެސް މިހާރު މި ބަލި އައިސްފައިވާއިރު، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިވެގެން ތިބުމަކީ ވަރަަށް މުހިންމު ކަމެކެވެ. އެގޮތުން ސާފުތާހިރު ކަމަށް ސަމާލުކަންދީ، ނިޔަަފަތި ކެއުން ފަދަ ހަޑި އާދަތަކާއި ދުރުވުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!