ޚަބަރު

އިމިގްރޭޝަންގެ ހިދުމަތް ރޭގަނޑު 9 އާ ހަމައަށް ދޭން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޕާސްޕޯޓުގެ މަސައްކަތްތައް ކުރައްވަނީ

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ރޭގަނޑު 9:00 އާއި ހަމައަށް ދިނުމަށް ނިންމައިފިއެވެ.

Ads by MWSC

އިމިގްރޭޝަން ކޮންޓްރޯލަރ އަހުމަދު ހުސެއިން، ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން ޕާސްޕޯޓު ޚިދުމަތް ރޭގަނޑު 9 ޖެހުމާއި ހަމައަށް ދޭން ނިންމާފައިވާ ކަމަށެވެ.

ހަނަފީ ވިދާޅުވީ މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށެވެ.

“ރައީސް ⁦‪@ޞާލިޙް އިސްވެ ހުންނަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާ މަސައްކަތަކީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން. އެގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިގިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކުރަން އަޅުގަނޑު ނިންމައިފިން. މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް” ހަނަފީ ވިދާޅުވިއެވެ.

މީގެ ކުރިން އިމިގްރޭޝަން ޚިދުމަތް ދެމުން އައީ ހެނދުނު 8:00 އިން މެނދުރު ފަހު 2:00 އާއި ހަމައަށް ރަސްމީ ދުވަސް ތަކުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!