ދުނިޔެ

ޗައިނާއިން ޗިޕް ހަދަން ބޭނުންވާ ދަގަނޑު އުފެއްދުން މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސެމިކޮންޑަކްޓަރ އިންޑަސްޓްރީގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ސްޓްރެޓެޖިކް މެޓަލްސް އެކްސްޕޯޓުކުރުން ޗައިނާއިން ހުއްޓުވުމަށް ރާވާފައިވާތީ ޔޫރަޕިއަން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއީ ސަލާމަތާ ގުޅުންހުރި ފިޔަވަޅެއްކަމާމެދު ޝައްކު އުފެދެއެވެ.

Ads by WAMCO

ޗައިނާއިން ބުނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގަލިއަމް އާއި ޖަރުމަނިއަމްގެ ބާވަތްތައް އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުން ކަމަށެވެ.

"މި އެކްސްޕޯޓް ރެސްޓްރިކްޝަންތަކަކީ ދުނިޔޭގެ ސުލްހަ ހިމާޔަތްކުރުމާއި ހަމަޖެހުން ގާއިމުކުރުމާއި ބައިނަލްއަގްވާމީ މުއާހަދާތަކުގެ ސަބަބުން އުފެދޭ ނޮން-ޕްރޮލިފަރޭޝަން ވާޖިބުތައް ތަންފީޒު ކުރުމާ ގުޅުމެއް ނެތް ފިޔަވަޅުތަކެއް ކަމަށް ވާތީ ކޮމިޝަނުން ކަންބޮޑުވޭ،" ކޮމިޝަނުގެ ތަރުޖަމާނު ކޮންމެ ދުވަހަކު ބޭއްވި ބްރީފިންއެއްގައި ވިދާޅުވިއެވެ.

ދުނިޔޭގެ ސަޕްލައި ޗެއިންތަކަށާއި ޔޫރަޕްގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަންނަ އީޔޫގެ އެގްޒެކެޓިވް ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކްސްޕޯޓް ކުރުމުގެ ފިޔަވަޅުތައް "ސާފު ސަލާމަތީ ވިސްނުމަކަށް" ލިމިޓް ކުރުމަށް ޗައިނާއަށް ގޮވާލާ ކަމަށެވެ.

ގްރީން އަދި ޑިޖިޓަލް ޓްރާންސިޝަންގެ "ސްޓްރެޓެޖިކް" ރޯ މެޓީރިއަލްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، 2030 ވަނަ އަހަރު އީޔޫގެ މައިނިން، ރީސައިކަލް ކުރުމާއި ޕްރޮސެސިން އިތުރުކުރުމަށް އަމާޒުހިފާފައިވެ އެވެ.

މި މެޓަލްތައް ބޭނުންކުރަނީ ސެމިކޮންޑަކްޓަރުތަކާއި އިލެކްޓްރިކް ވެހިކަލްތަކާއި ހައިޓެކް އިންޑަސްޓްރީތަކުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!