ދުނިޔެ

އަފްޣާނިސްތާނުގައި 80 ވަރަކަށް ސްކޫލް އަންހެން ކުއްޖަކަށް ވިހަ ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ޕްރައިމަރީ ސްކޫލްތަކަށް ދިން ދެ ހަމަލާއެއްގައި ގާތްގަނޑަކަށް 80 ވަރަކަށް އަންހެން ކުދިންނަށް ވިހަދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމާ ހަވާލުވެ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ މިނިވަންކަމަށް އަރައިގަންނަން ފެށި ފަހުން މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރު ކަމަށް ބެލެވެ އެވެ.

ޔުނިވާސިޓީ ހިމެނޭ ގޮތަށް ގްރޭޑް ހަތަރަކުން މަތީގެ ތައުލީމު ހާސިލްކުރުން އަންހެން ކުދިންނަށް މަނާކޮށްފައިވާއިރު، ގިނަ ވަޒީފާތަކާއި އާންމު ތަންތަނުން އަންހެނުންނަށް ކިޔެވުން ވަނީ މަނާކޮށްފަ އެވެ.

އެޑިއުކޭޝަން އޮފިޝަލް ވިދާޅުވީ ވިހަ ދިން މީހާގެ އަމިއްލަ ރުޅިވެރިކަމެއް އޮތް ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ޕްރޮވިންސް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ އިސްވެރިޔާ މުހައްމަދު ރަހްމާނީ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ސަރް-އޭ-ޕޫލް ޕްރޮވިންސްގެ ސަންގްޗާކް ޑިސްޓްރިކްޓްގައި ގާތްގަނޑަކަށް 80 އަންހެން ދަރިވަރުންނަށް ވިހަ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަސްވާން ކަބޯދު އާބް ސްކޫލުގައި 60 ދަރިވަރަކަށް ވިހަ ދީފައިވާއިރު ނަސްވާނު ފާއިޒާބާދު ސްކޫލުގައި 17 ދަރިވަރަކަށް ވިހަ ދީފައިވާ ކަމަށެވެ.

"ދެ ޕްރައިމަރީ ސްކޫލަކީ ވެސް އެކަކު އަނެކަކާ ވަރަށް ކައިރީގައި ހުރި ދެ ސްކޫލެއް، އެކަކު އަނެކަކަށް ފަހު އަނެއް ސްކޫލަށް ޓާގެޓް ކޮށްފައި ވޭ،" އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!