ލައިފްސްޓައިލް

މިއޮތީ ބަރުދަން ލުއިކުރަން މާ ފަސޭހަ ގޮތެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބަރުދަން ލުއި ކުރުމަކީ ގިނަ ބަޔަކު އެކަމެއް ކުރުމަށް ބޭނުންވާ ނަމަވެސް އެހާމެ ކުރަން އުނދަގޫ ކަމެކެވެ. ތަފާތު އެތަކެއް ވައްތަރުގެ ޑައިޓުތައް ޖައްސައި އެކި ވައްތަރުގެ ކަސްރަތުތައް ކޮށް ވެސް ނުހިކޭ މީހުން ތިބެއެވެ. ނޫނީ ހިކެން ބޭނުން ނަމަވެސް ކަންނެތް ކަމުން އެކަން ކުރަން މަސައްކަތް ނުކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހުން އަދި މާޔޫސް ވާކަށް ނުވެއެވެ. މިއޮތީ ބަރުދަން ލުއިކޮށްލަން މާ ފަސޭހަ ގޮތެކެވެ.

Ads by MWSC

ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބޯނަމަ ބަރުދަން ލުއިކުރުމަށް އެހީ ކޮށްދެއެވެ. ވާރޖީނިއާގެ ކޮލެޖަކުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއި މީހުންގެ ގައިން އެވްރެޖުކޮށް 2 ކިލޯ ލުއިވެފައިވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 55 އަހަރާއި 75 އަހަރުގެ 48 މީހުން ހިމަނައިގެންނެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން އެއް ގުރޫޕު ކެއީ ކެލޮރީ ކޮންޓޮރޯލް ކުރެވިފައިވާ ޑައެޓެކެވެ. އަދި އަނެއް ގުރޫޕު އެއްވެސް ޑައެޓެއް ނެތި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއީއެވެ. މިގޮތަށް މި މީހުންގެ ބަރުދަން 12 ހަފްތާ ދުވަހު އޮބްޒާވް ކޮށްފައިވެއެވެ.

ދިރާސާ ގެ ނަތީޖާއިން ދެއްކި ގޮތުގައި ކެއުމުގެ ކުރިން ފެން ނުބޯ ގުރޫޕުގެ މީހުން އަނެއް ގުރޫޕާއި އަޅާ ބަލާއިރު 2 ކިލޯ އިތުރަށް ލުއިވެފައިވެއެވެ. ސަބަބެއްގެ ގޮތުގައި ދިރާސާވެރިން ބުނަނީ އެއީ ކެއުމުގެ ކުރިން ފެން ބޯނަމަ ކެވޭ ކެލޮރީސް ގެ އަދަދު މަދުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބަރުދަން ލުއިކޮށްދެއެވެ.

ފަސޭހަކޮށް ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވާނެއެވެ. ނަމަވެސް މިފަދައިން ކަން ކުރާއިރު ހަކުރު ގިނަ ބުއިން ތަކާއި ފިޒީ ބުއިންތަކުން ދުރުވުމަށް ސަމާލުކަން ދޭށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!