ދުނިޔެ

އަފްގާންގެ އަންހެނުންގެ ސެލޫންތައް ބަންދު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްގާނިސްތާންގައި އަންހެނުންނަށް ހިދުމަތްދޭ ސެލޫންތައް ބަންދުކުރަން އަންގައިފި އެވެ.

Ads by Sosun Fihaara

އެ ގައުމުގެ ވައިސް އެންޑް ވާޗޫ މިނިސްޓްރީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ އަންހެނުންނަށް ހިދުމަތްދޭ ސެލޫންތައް ބަންދުކުރަން އެންގީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެފަދަ ތަންތަން ބަންދުކޮށް ވިޔަފާރި އެއްކޮށް ހުއްޓައިލަން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.

އަފްގާނިސްތާންގެ ތާލިބާންގެ އަތްދަށަށް 2021 ގެ އޮގަސްޓްގައި ދިޔަ ފަހުން އަންހެނުންނާއި އަންހެން ކުދިންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަންހެން ކުދިން ސްކޫލްތަކަށް ދިއުން ހުއްޓުވުމާއި އަންހެނުން ޔުނިވަސިޓީތަކަށް ދިއުމާއި އެފަދަ ތަންތަނުގައި ވަޒީފާ އަދާކުރުން ހުއްޓުވަން ފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.

މީގެ އިތުރުން އަންހެނުން ހިޖާބާ އެކީ ނޫނީ ޓީވީ ޕްރޮގްރާމްތައް ހޯސްޓްކުރުން ވެސް މަނާކޮށްފައިވެ އެވެ.

ތާލިބާންހެ ބާރުގެ ދަށުގައި 1996-2001 އާ ހަމައަށް އަފްގާނިސްތާން އޮތް އިރު ވެސް މިފަދަ އެތައް ފިޔަވަޅެއް އަންހެނުންނާ ދެކޮޅަށް އަޅާފައިވެ އެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ ފާޑުކިޔުންތައް ތާލިބާނުންނަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!