ދުނިޔެ

ޓައިވާނާއި ޖަޕާނުން ދަތުރުކުރި ރަޝިއާގެ ހަނގުރާމަމަތީ އުޅަނދުތައް ޗައިނާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނާއި ޖަޕާނުގެ ފަހަތުން މީގެ ކުރިން ދަތުރުކުރި ރަޝިއާގެ ދެ ހަނގުރާމަމަތީ އުޅަނދު ޗައިނާއިން ހޯސްޓްކޮށްފައިވާއިރު، އެ އުޅަނދުތަކުން ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއާ އެކު ޖޮއިންޓް ޑްރިލްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގައި ދެ ގައުމުގެ އަސްކަރީ އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ދައްކުވައިދޭނެ ކަމަށް ބެލެވެ އެވެ.

Ads by Sosun Fihaara

ޗައިނާގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ފްރިގޭޓް ކަމަށްވާ ގްރޮމްކީ އާއި ސޮވާޝެންނީ ވަނީ މާލީ މަރުކަޒު ކަމަށްވާ ޝަންހާއީގައި ބަނދަރު ހަދާފަ އެވެ. މި ދެ އުޅަނދަކީ ވެސް ރަޝިއާގެ ޕެސިފިކް ފްލީޓްގެ ދެ އުޅަނދެވެ.

ހަތް ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއާ އެކު ޝަންހާއީގައި ކަނޑުގެ ސިފައިންނާ އެކު ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ފޯމޭޝަން މޫވްމަންޓާއި މުވާސަލާތީ އަދި ކަނޑު ސަލާމަތްކުރުމާ ބެހޭ ޕްރެކްޓިސްތައް ހިމެނޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

ރަޝިއާގެ ކަނޑުގެ ސިފައިންގެ ޕެސިފިކް ފްލީޓަށް ނިސްބަތްވާ ހަމަ އެ އުޅަނދުތައް ޖޫން މަހުގެ ފަހުކޮޅު ވަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާން ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފަ އެވެ. އޭގެ ފަހުން އެ މީހުން ވަނީ އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒެއް ހުރި ޖަޕާނުގެ އޮކިނާވާ އައިލެންޑްސް ކައިރިން މި މަހުގެ ކުރީކޮޅު ދަތުރުކޮށްފަ އެވެ.

މި މަގުން ޖަޕާނުން އުޅަނދުތައް ފޮނުވައިގެން އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރަން ޖެހުނު އިރު، ޗައިނާ އިން އެ ގައުމުގެ ސަރަހައްދުގެ ބައެއް ކަމަށް ބުނާ ޓައިވާނުން ވަނީ އެ މީހުންގެ ޓްރާންސިޓް ބެލެހެއްޓުމަށް މަތިންދާ ބޯޓަކާއި އުޅަނދުތައް ވެސް ބަހައްޓާފަ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް މިދިޔަ މާޗް މަހު މޮސްކޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ދެ ލީޑަރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ، ހުޅަނގުގެ ގައުމުތަކަށް ކުރާ ތުހުމަތުތައް ހިމަނައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!