ދުނިޔެ

ޕާކިސްތާނުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި 8 ކުޑަކުދިން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި އެ ޤައުމުގެ 8 ކުޑަކުދިން މަރުވެއްޖެއެވެ.
އެ ޤައުމުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް ގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ އުތުރުގެ އަވަށެއް ކަަމަށްވާ ޝަންގްލާ ޑިސްޓްރިކްޓުގައެވެ. ބުރާސްފަތި ދުވަހުގެ ހަވީރު މި ހާދިސާ ހިނގާފައިވަނީ ކުޑަކުދިން ތަކެއް ކްރިކެޓް ކުޅެން ތިއްބާ ކަމަށް ވެސް ރިޕޯޓް ތައް ބުނެއެވެ.

Ads by Sosun Fihaara

މި ހާދިސާގައި މަރުވެެފައިވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންތަކެކެވެ.

އެ ސަރަހައްދުގެ އިމަޖެންސީ ޔުނިޓް އޮފިސަރު އަނައުﷲ ޚާން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ކްރިކެޓް ކުޅުމަށް އެ ސަރަހައްދުގައި 15 ކުދިން ތިއްބެވެ. އެ ކުދިން ތިބި ވެލި ފުންޏެއް ގޮތައް ހުރި ތަނެއް ކައިރީގައި ކަމަށާއި އެވަގުތު ވިއްސާރަކުރުމުގެ ސަބަބުން ބިންގަނޑުކަނޑައިގެންގޮސް ކުދިންތައް ވަޅުލެވުނީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ވަޅުލެވުނު އަށް ކުދިން ސަލާމަތް ކުރުމަށް ޕާކިސްތާނުގެ ރެސްކިއު ޓީމުތަކާއި ސިފައިން ކުރި މަސައްކަތް ނާކާމިޔާބުވެ ކުދިންގެ ހަށިގަނޑުތައް ނެގުނީ އެތައް ގަޑިއިރެއް ފަހުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި އިތުރު ކުއްޖަކަށް އަނިޔާވި ނަމަވެސް ބާކީ ތިބި ކުދިންނަށް އެއްވެސް އަނިޔާއެއް ނުވާކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!