ވިއްސާރައިގައި ޕާކިސްތާނުގައި 50 މަރު, ގިނަ ބަޔަކަށް ގެއްލުންތަކެއް ވެއްޖެ
ޕާކިސްތާނަށް ދެ ހަފުތާވަންދެން ކުރަމުންދާ ވިއްސާރައިގައި މޫސުމާ ގުޅުންހުރި ހާދިސާތަކުގައި 8 ކުޑަކުދިންނާއެކު 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
"ޖޫން މަހުގެ 25 ވަނަ ދުވަހު މޫސުން ފެށުނު ފަހުން މުޅި ޕާކިސްތާނަށް ވިއްސާރައިގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 50 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ،" ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވި އެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރުމަތީ ޕްރޮވިންސް ކަމަށްވާ ޕަންޖާބުގައި ކަމަށާއި މައިގަނޑު ގޮތެއްގައި މަރުވެފައިވަނީ ކަރަންޓުގައި ޖެހި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުނީ މަރުވި މީހުންގެ އަދަދު 55 އަށް އަރާފައިވާ ކަމަށެވެ.
ހުޅަނގު އުތުރުޕްރޮވިންސްގެ ޚައިބަރު ޕަޚްތޫންޚުވާގައި ބުރާސްފަތި ދުވަހު ޝަންގްލާ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ އަށް ކުއްޖެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިމަޖެންސީ ސާވިސް ރެސްކިއު 1122 ގެ ތަރުޖަމާނު ބިލާލް އަހުމަދު ފާއިޒީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުނީގެ ތެރޭގައި ތާށިވެފައި ތިބި އެހެން ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ރެސްކިއު ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ޑިސްޓްރިކްޓް އިމަޖެންސީ ޔުނިޓްގެ އޮފިސަރު ސަނާއުالله ޚާން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭގެ ތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް މީހުން ވެލި ހިލައެއްގެ ކައިރީގައި ކްރިކެޓް ދަނޑެއް ބަހައްޓާފައި ވަނިކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެއްޓި ވަޅުލާފައިވާ ކަމަށެވެ.
އަދި ފަހުން ޕާކިސްތާނުގެ އަސްކަރިއްޔާއާ ގުޅިގެން ލޯކަލް ރެސްކިއު ޓީމުތަކުން ވަނީ އެތައް ގަޑިއިރެއްވަންދެން ކުރި މަސައްކަތަށް ފަހު އަށް މީހެއްގެ ހަށިގަނޑު ނެގި ކަމަށް އޭނާ ވިދާޅުވި އެވެ. ބާކީ ތިބި ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ބާކީ ތިބި ކުދިންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.