ޚަބަރު

ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަށް ރައީީސް އެދިވަޑައިގަންނަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ބަހުގެ ލިޔުންތައް އިތުރު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

މިއަދަކީ ދިވެހި ލިޔުންތެރިކަމުގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރައްވައިފައެވެ.

އަދި ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖުލައި މަހުގެ އަށް ވަނަ ދުވަސް، ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ރާއްޖޭގައި ނެރެވުނު ފުރަތަމަ މަޖައްލާ ކަމަށްވާ "އަލް އިސްލާހު" ނެރުނު ތާރީޚު ކަމުގައި ވާތީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!