ޚަބަރު

މި އަހަރުގެ ސާފިން ޗެމްޕިއަންޝިޕް ރައީސް ހުޅުވައިދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ "އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.

Ads by MWSC

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، މާލެއަތޮޅު ތުލުސްދޫގައެވެ. އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސަރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ބާއްވާ މިމުބާރާތް އޮންނާނީ ޖުލައި މިއަދުން ފެށިގެން މި މަހުގެ 17 އަށެވެ.

މުބާރާތް ހުޅުއްވައިދެއްވައި ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، މިމުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގެންނެވިއެވެ.

މި މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި،  ނައިބު ރައީީސް ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި އޭޝިއާ ސަރފިންގ ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ޤައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!