ލާހޯރުގައި ޑްރަގްތަކަކާއެކު ޑްރޯންއެއް ހިފަހައްޓައިފި
ލާހޯރުގެ ކަހަނާ ޓައުންގެ ހަލޯކީ ސަރަހައްދަށް އެތައް މިލިއަން ރުޕީސްގެ މަސްތުވާތަކެތި ހިފައިގެން ދިޔަ ޑްރޯންއެއް ވެއްޓިއްޖެ އެވެ.
ކަހަނާ ސްޓޭޝަން ހައުސް އޮފިސަރު (އެސްއެޗްއޯ) އަބްދުލް ވާހިދު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރަސޫލުޕޫރާ ވިލެޖުގައި ކަމަށެވެ.
"އާދަޔާ ހިލާފަށް ބޮޑު މި ޑްރޯން ވެއްޓުނީ ރޯޒްދާރު ނަމަކަށް ކިޔާ ގެދޮރުވެރިއެއްގެ ދަނޑުތަކަށް ވެއްޓުނު އިރު ހަ ކިލޯގެ ހެރޮއިން ހިފައިގެން،" އޭނާ އަށް ވިދާޅުވި އެވެ.
ބޯޓު ވެއްޓުމާ އެކު ގިނަ އަދަދެއްގެ އާންމުން ޑްރޯން ވަށައިގެން އެއްވެ، ފަހުން ވަނީ ފުލުހުންނަށް ގުޅައިފަ އެވެ.
އެސްއެޗްއޯ ވާހިދު ވިދާޅުވީ ޑްރޯން އާއި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ޑްރޯން އޮޕަރޭޓްކުރީ ކޮން ތަނަކުންތޯ އާއި އެ ޑްރޯން ދިޔައީ ކޮން ދިމާލަކަށްތޯ އިތުރަށް ތަހުގީގު ކުރުމަށް އެންޓި ނާކޮޓިކްސް ފޯސްއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ނަރޯވާލް ފުލުހުން ވަނީ ޑްރޯން މެދުވެރިކޮށް ބޯޑަރު ހުރަސްކޮށް ހެރޮއިން އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. މި މައްސަލަ އިގެ ތަހުގީގަށް ފުލުހުން ވަނީ ކޮންޓްރޯލް ޑިވައިސްއަކާއި އަށް ބެޓެރީއަކާއި އޮޓޮމެޓިކް ހަތިޔާރު ވެސް އަތުލައިގެންފަ އެވެ.