މަޝްވަރާކުރަން އެމެރިކާގެ އޮފިޝަލަކު އެމެރިކާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ދީނީ މައިނޯރިޓީންނަށް އަނިޔާކުރާ ކަމަށް ބުނާ ވާހަކަ ދޮގުކުރެއްވުމަށްފަހު، އެމެރިކާގެ އިސް ޑިޕްލޮމެޓަކު ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާއަށް ވަޑައިގެން އެގައުމުގެ މަދަނީ ޖަމިއްޔާތަކާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައިނޯރިޓީތައް ނިކަމެތިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް އުޒްރާ ޒެޔާ، އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވައި" ބައިނަލްއަޤްވާމީ ގޮންޖެހުންތަކާއި، ޑިމޮކްރަސީއާއި، ސަރަޙައްދީ ހަމަޖެހުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން" މަޝްވަރާކުރައްވާނެކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޒޭޔާގެ ކުރިއަށް އޮތް ދަތުރުފުޅަކީ މޯދީގެ ބެއްލެވުމުގެ ދަށުން އިންޑިއާގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލެއް ކަމަށް އެކްޓިވިސްޓުން ދެކޭ ގޮތް ކުށްވެރިކުރަމުން ދަނިކޮށް، ރައީސް ޖޯ ބައިޑަން މިދިޔަ ޖޫން މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ބައިޑަން އާއި މޯދީ ވަނީ ދިފާއީ އަދި ވިޔަފާރީގެ އެއްބަސްވުންތަކަކީ ޗައިނާގެ ބައިނަލްއަގުވާމީ ނުފޫޒު ހުއްޓުވުމުގެ މަގްސަދުގައި ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ބައިޑަން ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މޯދީއާ މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެމައުޟޫއަށް މޯދީއަށާއި އޭނާގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ނުވަތަ އިންޑިއާގެ ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުނުވާ ކަމަށެވެ.