ދުނިޔެ

ފާޓިލިޓީ ޓްރީޓްމެންޓް ތަންތަން ބަންދު ކުރަން ޗައިނާއިން މަސައްކަތް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާންމުންގެ ކަންބޮޑުވުން ފިލުވުމަށް ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭނުގައި، ސްޕާމް ނުވަތަ އަންގި ގަތުމާއި ވިއްކުން އަދި ސަރޮގޭސީ ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމާ ގުޅޭ ގާނޫނާ ހިލާފު އަމަލުތައް ޗައިނާއިން "ހަރުކަށި އިބާރާތުން" އަޅާނެ އެވެ.

Ads by Sosun Fihaara

އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) ހިމެނޭ ގޮތަށް ސަރުކާރުގެ 14 ވުޒާރާއަކުން ނެރުނު ބަޔާނެއްގައި ބުނީ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީ ބޭނުން ކުރެވޭނީ އެ ގައުމުގެ ހުއްދަ ލިބިފައިވާ 543 މެޑިކަލް އިންސްޓިޓިއުޓްގައި ކަމަށެވެ.

އާންމުންގެ ކަންބޮޑުވުން ފިލުވުމަށް ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭނުގައި، ސްޕާމް ނުވަތަ އަންގި ގަތުމާއި ވިއްކުން އަދި ސަރޮގޭސީ ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމާ ގުޅޭ ގާނޫނާ ހިލާފު އަމަލުތައް ޗައިނާއިން "ހަރުކަށި އިބާރާތުން" އަޅާނެ އެވެ.

އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) ހިމެނޭ ގޮތަށް ސަރުކާރުގެ 14 ވުޒާރާއަކުން ނެރުނު ބަޔާނެއްގައި ބުނީ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީ ބޭނުން ކުރެވޭނީ އެ ގައުމުގެ ހުއްދަ ލިބިފައިވާ 543 މެޑިކަލް އިންސްޓިޓިއުޓްގައި ކަމަށެވެ. ...

އަދި އުފަންދުވަހުގެ ދޮގު މެޑިކަލް ސެޓްފިކެޓް ދޫކުރުމުގެ ސަބަބުން ގަވައިދާ ހިލާފަށް އަންހެނުން ބަންދުކޮށް ޓްރެފިކް ކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ވަރަށް ބޮޑަށް ނިގުޅައިގަނެވޭ ފަދަ އެހެނިހެން ޖަރީމާތައް ހިންގާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެންއެޗްސީން ބުނީ ބަލިމީހުން ދެނެގަތުމުގެ ކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، ހިއުމަން އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީގެ އެޕްރޫވަލް އަދި ވެރިފިކޭޝަން ހަރުދަނާކުރުމާއި، މެޑިކަލް އިންސްޓިޓިއުޓްތަކާއި ގަވާއިދުތަކާ ހިލާފުވާ މުވައްޒަފުންގެ ޖޫރިމަނާ ބޮޑުކުރުން ފަދަ އެހެން ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!