ދުނިޔެ

އިންޑިޔާއިން 3 ވަނަ މޫން މިޝަން ލޯންޗްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާ އިން ކުރިޔަށްގެންދާ ކާމިޔާބު ސްޕޭސް ޕްރޮގްރާމްގެ ތެރެއިން ތިންވަނަ ރޮކެޓް "ޗަންދްރަޔާން 3" މިއަދު އެތާގަޑިން 2:35 ގައި ސަތިޝްދަވަން ސްޕޭސް ސެންޓަރުން އުދުއްސާލައިފިއެވެ.

Ads by WAMCO

ރޭވިފައިވާ ގޮތަށް ކަންތައްދާނަމަ ސާޅީހަކަށް ދުވަހުގެ ކާމިޔާބު ދަތުރަކަށްފަހު ރޮކެޓްގައި އުފުލާ ލޭންޑަރ ކިޔާ އުޅަނދު އޮގަސްޓް 23 ނުވަތަ 24 ވަނަ ދުވަހު ހަނދުގެ ސައުތުޕޯލް ކިޔާ ހިސާބުގައި "ސޮފްޓްލޭންޑިންގ" އެއްގައި ޖައްސާނެއެވެ. މިހިސާބުގައި މީގެ ކުރިން އެއްވެސް އުޅަނދެއް ޖައްސާފަ ނުވާކަމަށް ވެއެވެ. މީގެ ކުރިން ހަނދުގަ ސޮފްޓް ލޭންޑިންގ އެއް ހާސިލުކުރެވިފަ ވަނީ އެމެރިކާ، ސޯވިއެޓް ޔޫނިއަން އަދި ޗައިނާއަށެވެ.

މިއަދު ފޮނުވުނު ޗަންދްރިޔާން 3 ރޮކެޓުގައި އެތައް އުޅަނދެއް އުފުލައެވެ. މިގޮތުން ލޭންޑަރއަކާއި ރޯވަރއެއްގެ އިތުރުން 2 ރޮބޮޓިކް ސްޕޭސް ކްރާފްޓް ހިމެނެއެވެ. ރޮބޮޓިކް އުޅަނދުތަކުން ހަނދާބެހޭ އެކިއެކި ޓެސްޓުތައް ހަދާ ދިރާސާތައް ކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ހަނދަށް އަންނަ ހެލުން (މޫންކުއޭކް) ތަކާބެހޭ ތަހުލީލުތަކާއި އަދި ހަނދާއި ދުނިޔެއާ ދެމެދު ހުންނަ ދުރުމިން ބޮޑަށް އެކިއުރޭޓްކޮށް ރިކޯޑުކުރުން ހިމެނެއެވެ. މީގެ އިތުރުން މިޝަންގެ ތެރެއިން އެތައްހާސް ސެޓަލައިޓް ފޮޓޯ އާއި ވީޑިއޯ ވެސް ނަގާ އާކައިވް ކުރާނެއެވެ.

އިންޑިޔާ ވެގެން ގޮސްފައިވަނީ ހަނދަށް މިޝަންތައް ފޮނުވާ އަދި ހަނދުގައި އުޅަނދު ޖެއްސުމުގެ ރިކޯޑް ހާސިލުކުރެވުނު ހަތަރުވަނަ ގައުމަށެވެ.

"ޗަންދްރަޔާން 3" ގެ ކުރިން އިންޑިޔާއިން ވަނީ "ޗަންދްރަޔާން 2" އަދި "ޗަންދްރަޔާން 1" ވެސް ކުރިޔަށް ގެންގޮސްފައެވެ. ކުރީގެ ދެ މިޝަނުން ވެސް ވަނީ ހަނދާބެހޭ މުހިންމު ހޯދުންތަކެއް ހޯދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!