އިމްރާންގެ އިންޒާރު: ދެވަނަ ދައުރެއްގައި، މުޒާަހަރާ ކުރުމުގެ ފުރުސަތު ހަނި ކުރާަނަން
![](https://dhen.mv/wp-content/uploads/2023/07/big_cSUCmxHDeQfbUkLw8Gb0m1hHd-850x548.jpg)
އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ސިޔާސީ ހަރަކާާތް ހިންގުމުގެ ނަމުގައި، ވެލި އުކައި، ފެން އުކަން ޖާގަ ނުދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީީސް އަދި ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ކެމްޕެއިނަށް މ.ދިއްގަރަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ސިޔާސީ ހަރަކާތް ހިންގަން، އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް ހެދިޔަ ނުދޭނަން." ރައީީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ޢަމަލު ކުރައްވާނެ ގޮތް އިމްރާާން ވިދާޅުވެދެއްވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތަށާއި، ރާއްޖޭގެ ޑިމޮކްރަސީ ފައްކާވެފައި އޮތީ ވަޢުދާއި ސިޔާސަތު ވިއްކައިގެން ކަމަށާއި، ވަޢުދުވެ، ވަޢުދު ފުއްދުމަކީ މިއަދު ސިޔާސީ މަސައްކަތް ކުރަންޖެހޭ ގޮތް ކަމަށެވެ.
"ގަޔަށް ބޮލަށް އެރި ދުވަސްވަރު ހިނގައްޖެ."
އޭނާ ވިދާޅުވި ގޮތުގައި، މުޒާހަރާ ކުރަން ނުކުތުމަކީ ފަނާކުރުވަނިވި ވިސްނުމުގެ މީހުން އަމަލު ކުރާނެ ގޮތެވެ.
ރައީސް ޞާލިޙަށް ތައުރީފު ކުރައްވައި، އިމްރާން އިތުރަށް ވިދާޅުވީ، މިއަދުގެ މި ޖީލުގެ ބިމުން، ރައީސް ޞާލިޙަށްވުރެ ބޮޑަށް ވެރިކަމަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށެވެ.
ތިގޮތަށް ގަދަބަސް ނުބުނެ މަޑުންހުރޭ