ޚަބަރު

އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކާއެކު އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ކުރިއަށް ގެންދަން އެ ޕާޓީގެ މައި ކެމްޕެއިން ޓީމުން ނިންމައިފިއެވެ.

Ads by MWSC

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން، ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ޕާޓީން ނިންމީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ނިންމުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރެޔަށް ތާވަލުކޮށްފައި އޮތް ރަށްވެހިފަތިސް ފެސްޓިވަލް ނިންމާ ހަފްލާވެސް ކެންސަލުކުރިއެވެ. ނަމަވެސް އެމްޑީޕީން މިއަދު ވަނި އަލުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމައިފައެވެ.

އެމްޑީޕީން ބުނީ އެއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް19 އިން ސަލާމަތްވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކޮވިޑް-19 އާއި ގުޅޭގޮތުން އާންމުކުރާ މައުލޫމާތާއި، ހަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން އާންމުންނާ ހިއްސާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!