ދުނިޔެ

އިންޑިއާ-ޔޫއޭއީ މުހިންމު އެއްބަސްވުމަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ޔޫއޭއީ އާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެގައުމުގެ ފައިސާ ބޭނުންކުރަން އެއްބަސްވެއްޖެއެވެ.

Ads by WAMCO

ހޮނިހިރު ދުވަހު، ރިޒާވް ބޭންކް އޮފް އިންޑިއާ އާއި ސެންޓްރަލް ބޭންކް އޮފް ޔޫއޭއީ އިން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ބޯޑަރު ހުރަސްކޮށް ދެގައުމުން ކުރާ މުއާމަލާތްތަކުގައި ލޯކަލް ފައިސާ ބޭނުންކުރުމަށާއި ދެގައުމުގެ ޕޭމަންޓް އަދި މެސެޖިން ސިސްޓަމްތައް ގުޅައިލުމަށެވެ.

މިދެ އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދިފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރު ފުޅުގައި މޯދީ އާއި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ހާޒިރުގައި، އަބޫ ދާބީގައެވެ.

މި އެއްބަސްވުންތަކުގެ ދަށުން، އިންޑިއާ ރުޕީސް އާއި ދިރުހަމް ބޭނުންކުރުން އިތުރުކުރުމަށް ލޯކަލް ކަރަންސީ ސެޓްލްމަންޓް ސިސްޓަމް (އެލްސީއެސްއެސް) އެއް ގާއިމް ކުރާނެ އެވެ. އަދި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ހުއްދަ ލިބިފައިވާ ކެޕިޓަލް އެކައުންޓް މުއާމަލާތްތައްވެސް ހިމެނެއެވެ.

އިންޑިއާ އާއި ޔޫއޭއީން ވަނީ އަބޫދާބީގައި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ)-ދިއްލީގެ ކެމްޕަހެއް ގާއިމްކުރުމަށްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!