ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެމްބަރުންގެ އަދަދު 93 އަށް އިތުރު ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 87 ކުން 93 އަށް އިތުރު ކުރަން ނިންމައިފިއެވެ.

Ads by Hajj Corporation

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

"މިގޮތުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވޭ. އެއީ؛

މާލޭ ސިޓީ އަށް 2 ގޮނޑި،

އައްޑޫ ސިޓީ އަށް 1 ގޮނޑި،

މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި،

މާލެއަތޮޅަށް 1 ގޮނޑި،

އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި." ހަބީބް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ ޢަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށެވެ.

މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެކެވެ.

  1. ޢަޒްރާ ޢަލީ

    ަލކަލޯނޭ 100 ގޮނޑި ހަމަކޮއްލަންވީ ނޫން އޭރުން މަޖިލޙުގަ ތިޖަހާ ސަކަރާތް ތިއަށްވުރެ ރަނގަޅަށް ފުރިހަމަ ކޮއްލެވޭނެ