ދުނިޔެ

އިންޑިއާގައި ފެކްޓްރީތައް ހަދަން ތައްޔާރުވޭ: ވޯލްޑް ބޭންކުގެ އާ ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ބޭރުގައި ފެކްޓްރީތައް އެޅުމަށް ދުނިޔޭގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ކޭޝް ކުރުމުގެ ފުރުސަތު އިންޑިއާއަށް އެބައޮތް ކަމަށް ވޯލްޑް ބޭންކުގެ އާ ރައީސް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޗިޕް އުފައްދާ މައިކްރޯން ޓެކްނޮލޮޖީ ފަދަ އެމެރިކާގެ ކުންފުނިތަކުން ދާދި ފަހުން އިންޑިއާގައި އިންވެސްޓްމަންޓް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި އޭނާ މިހެން ވިދާޅުވެފައި މިވަނީ އޭޝިއާގެ ގައުމުތަކުގައި ޗައިނާއާ ދެކޮޅަށް ވަރުގަދަ ކައުންޓާވެއިޓެއް ހޯދުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިފަހަކަށް އައިސް ގިނަ ކުންފުނިތަކުން ވަނީ ޕީޕަލްސް ރިޕަބްލިކްގެ ބޭރުން އާ މެނުފެކްޗަރިން ޔުނިޓްތައް އެޅުމަށް "ޗައިނާ ޕްލަސް ވަން" ސްޓްރެޓެޖީއެއް ގެންގުޅެފަ އެވެ.

އިންވެސްޓްމަންޓްތައް ގެނައުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިންޑިއާއަށް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ފުރުސަތެއް އެބައޮތް ކަމަށް ވޯލްޑް ބޭންކުގެ ވެރިޔާގެ މަގާމަށް މިދިޔަ މަހު ވަޑައިގެންނެވި މާސްޓާކާޑުގެ ކުރީގެ ސީއީއޯ އަޖޭ ބަންގާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އިންޑިއާއަށް މިހާރު އޮތް ފުރުސަތަކީ "ޗައިނާ ޕްލަސް ވަން" ފުރުސަތު ކޭޝް ކުރުން. މި ފުރުސަތު 10 އަހަރު ވަންދެން ހުޅުވިފައި ނުހުންނާނެ،" ބަންގާ އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު އެމެރިކާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާގައި އެމެރިކާގެ ކުންފުނިތަކުން އިންވެސްޓްމަންޓް އިއުލާނުކޮށްފައިވާ ދަނޑިވަޅެކެވެ.

ބަންގާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން އިންޑިޔާގެ ކުރިއެރުމަށް ބުރޫ އަރާފައިވާ ކަމަށެވެ.

އަދި އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަންއާ ބައްދަލުކުރައްވައި، ޖީ-20 ބްލޮކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!