ޚަބަރު

އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނާއެކު ޖުމްހޫރީ މައިދާނުގައި ތިބި މީހުން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މްހޫރީ މައިދާނުގައި މިއަދު އިޙްތިޖާޖު ކުރުމުގެ ގޮތުން ތިބި އިދިކޮޅު ޕީޕީއެން-ޕީއެންސީގެ މީހުން ހައްޔަރުކޮށްފިއެވެ.

Ads by MWSC

ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ހިމެނެއެވެ.

އިދިކޮޅު ލީޑަރޝިޕުން ދިޔައީ އެތަނުގައި އިށިންދެގެން ތިބެ މީޑިއާތަކާ ވާހަކަ ދައްކަމުންނެވެ. އިތުރު އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެއެވެ.

މީޑިއާތަކާ އިދިކޮޅުން ވާހަކަ ދައްކަމުން ދަނިކޮށް ފުލުހުން އައިސް ވަނީ މީޑިއާތައް ދުރަށް ޖައްސަން މަސައްކަތްކޮށްފައެވެ. އެއަށްފަހު އެތަނުގައި ތިބި ފަރާތްތައް ވަނީ ފުލުހުންގެ ޖީޕަށް އަރުވައިގެން ގެންގޮސްފައެވެ.

Ads by HDC
  1. އެރުނީ

    އިބޫއަށްނުބައިނުލަފާކަމުގެ ތާޖުދޭންޖެހޭ އަދިފިދަނަ މާރިޔާއާ ސަމާލަށް އެކަމަށް ހިތްވަރުދިނުމުގެ ތާޖުދޭންޖެހޭ