Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު: ސަރުކާރު

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ. ސަރުކާރުން މިހާރު ވަނީ މި ދެ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ އެ ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ސިއްހީ ގޮތުން އެ މީހުންނަށް ދޭންޖެހޭ ފަރުވާތައް ދެމުންދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރާއްޖެއިން ހަތަރު މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ހަތަރު މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިތުރު މީހުންތަކެއްގެ ޓެސްޓުތައް ހެދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް