އިންޑިއާ-ލަންކާގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުންތަކެއް

ންޑިއާއާއި ލަންކާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން ޤާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޮމިޓީއަކީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާއެއްގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. އެގޮތުން މި ކޮމިޓީން ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު ވާޗުއަލް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ފެރީގެ ޚިދުމަތް ފެށުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އެ ދެ ޤައުމުގެ ހައިކޮމިޝަންތަކުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުން ވަނީ ދެ ޤައުމުންވެސް އެއްބަސްވާ ވަކި ސަރަޙައްދުތަކެއްގައި ފެރީގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މިއީ ސަރަޙައްދީ ވިޔަފާރިއާއި، ފަތުރުވެރިކަން ފުޅާކޮށް، ދެ ޤައުމުގެ އާންމު ރައްޔިތުންގެ މެދުގައިވެސް އިތުރަށް ގުޅުން ބަދަހިވާނެ ކަމެއްކަމަށް އެ ޤައުމުތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ.