ޚަބަރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ މާލޭގައި 2 ދުވަހު މަޑުކުރި

ދެން އެމްވީ ، ދެން އޮންލައިން

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ، ފުރަންދާން އެއާޕޯޓަށް ދިއުމަށް ފަހު، ނުފުރިގެން އޭނާ މާލޭގައި މަޑުކުރި ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ނުފުރިގެން އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް އޭނާ މަޑުކުރި ކަމަށެވެ.

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް މީހެއްގެ ގައިން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހާ ވަނީ ޔުނިވާސަލްގެ އޮފީހަކަށް އެމީހާ ގޮސްފައިވާ ކަމަށާއި އެހެންވެ އެ ދިއުމުގެ ތެރޭގައި ސެލްފް އައިސޮލޭޝަނުގައި އެކަކު ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން މި މީހާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނި ކަރަންޓީން ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ. ސަރުކާރުން މިހާރު ވަނީ މި ދެ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!