ދުނިޔެ

މަޝްރޫއުތައް މެދުވެރިކޮށް ގުޅުން ބަދަހިކުރަން އިންޑިއާ އާއި ސްރީލަންކާ އެއްބަސްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ތެލުގެ ޕައިޕްލައިނަކާއި އެއްގަމު ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާކޮށް އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި ސްރީލަންކާ އިން އެއްބަސްވެފައިވާ ކަމަށް އިންޑިއާ އާއި ލަންކާ އިން މިއަދު ބުނެފި އެވެ.

Ads by WAMCO

މީގެ އިތުރުން ސްރީލަންކާގެ އިރުއުތުރު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައި ބަނދަރަކާއި އިގްތިސާދީ ހަބެއް ތަރައްގީ ކުރުމަށް ވެސް ނިއު ދިއްލީން އެހީތެރިވެދޭނެ އެވެ.

ދެ ގައުމުގެ ލީޑަރުން މިކަން އިއުލާން ކުރެއްވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ހުކުރު ދުވަހުގެ ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަޝްވަރާ ކުރައްވަމުން ދަނިކޮށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ހަމައަށް އިންޑިއާއިން ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ސްރީލަންކާއަށް ވަރަށް މުހިންމު ވީ، އެ ގައުމަށް ޑޮލަރު ހުސްވެ، މާލީ ކާރިސާއެއްގެ ތެރެއަށް ވެއްޓި، ތެލާއި ބޭސް ފަދަ ޒަރޫރީ އިމްޕޯޓަށް ހަރަދު ކުރަން ދަތިތަކެއް ކުރިމަތިވުމުންނެވެ.

މޯދީ ހުކުރު ދުވަހު ވިދާޅުވީ، މެރިޓައިމް، ވައި، ހަކަތަ އަދި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ފަތުރުވެރިކަމާއި، ކަރަންޓާއި، ވިޔަފާރީގެ ދާއިރާއާއި، މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ޓަކައި ދެ ބޭފުޅުން "އަޅުގަނޑުމެންގެ އިކޮނޮމިކް ޕާޓްނަރޝިޕްގެ ވިޝަން ޑޮކިއުމެންޓެއް ގެންގުޅުއްވާ" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!