ދުނިޔެ

ޗައިނާއިން ރަޝިޔާއަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ފްރާންސްގެ ޑިޕްލޮމެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އެންމެ އިސް ޑިޕްލޮމެޓިކް އެޑްވައިޒަރު ވިދާޅުވީ ޗައިނާއިން ރަޝިޔާއަށް ފޯރުކޮށްދެނީ އަސްކަރީ އާލާތްތަކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށާއި ނަމަވެސް ބޮޑު މިންވަރަކަށް ނޫން ކަމަށެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެސްޕެން ސެކިއުރިޓީ ފޯރަމްގައި ޗައިނާއިން ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ގޮތަކުން ރަޝިއާ ހަތިޔާރު އެޅިކަމުގެ އެއްވެސް ހެއްކެއް ހުޅަނގަށް ފެނިފައިވޭތޯ އެހުމުން އެލީސީ ޕެލަސްގައި ހުންނަ މެކްރޮންގެ ޑިޕްލޮމެޓިކް ޓީމުގެ ވެރިޔާ އެމަނުއެލް ބޯން މޮޑަރޭޓަރަށް ވިދާޅުވި އެވެ.

ޗައިނާއިން ހަތިޔާރު ޑެލިވަރީ ކުރަނީތޯ ސުވާލު ކުރުމުން ބޯން ވިދާޅުވީ "އެހެންވީމާ، އަސްކަރީ އާލާތްތަކުގެ ބާވަތްތައް ... އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެމީހުން ރަޝިޔާއަށް އަސްކަރީ ގޮތުން ބޮޑެތި ކެޕޭސިޓީތަކެއް ފޯރުކޮށްނުދެއެވެ.

ފްރާންސްގެ އޮފިޝަލުން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ ބޯން އިޝާރާތް ކުރައްވަނީ ޑުއަލް ޔޫސް ޓެކްނޮލޮޖީ އާއި ހެލްމެޓާއި ބޮޑީ އާމަރ ފަދަ ނޮން ލީތަލް އެސިސްޓެންސް ކަމަށެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނަކު މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ޗައިނާއިން ރަޝިއާއަށް "ޑުއަލް ޔޫސް އިކުއިޕްމަންޓްސް" ބަދަލުކުރުމުން އެމެރިކާގެ އޮފިޝަލުން ކަންބޮޑުވާ ކަމަށާއި އެއީ ޔޫކްރެއިންގެ ރައްޔިތުން މެރުމަށް ނުވަތަ ހަނގުރާމައިގެ މައިދާނުގައި ބޮޑު އަސަރެއް ކުރާނެ އެއްޗެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!