ދުނިޔެ

ޗައިނާގެ ހެކަރުން އެމެރިކާގެ ސަފީރުގެ އީމެއިލްތައް ހެކްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބެއިޖިންއާ ގުޅުން ހުރި ހެކަރުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރުގެ އީމެއިލް އެކައުންޓަށް ވަދެފައިވަނީ އެމެރިކާ ސަރުކާރުގެ އެތައް ލައްކަ އީމެއިލްތަކެއް ކޮމްޕްރޮމައިޒްކުރި ކަމަށް ބެލެވޭ ޖާސޫސީ އޮޕަރޭޝަނެއްގައި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

Ads by Sosun Fihaara

މައިކްރޮސޮފްޓް (އެމްއެސްއެފްޓީ) އިން މި މަހު ހާމަކުރި ފުޅާ ޖާސޫސީ އޮޕަރޭޝަންގައި އިރުމަތީ އޭޝިއާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑެނިއަލް ކްރިޓެންބްރިންކް ވެސް ވަނީ ހެކްކޮށްފަ އެވެ. އޯ)، އެނޫހުން ބުނެފައި ވަނީ މިކަން އެނގޭ މީހުންނާ ހަވާލާދީ ކަމަށެވެ.

ދެ ޑިޕްލޮމެޓުންގެ އެކައުންޓް ބްރީޗްވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސްޓޭޓް ޑިޕާޓްމަންޓުން އެއްވެސް ތަފްސީލެއް ދޭން ދެކޮޅު ހަދައި، ޖާސޫސީ އޮޕަރޭޝަންގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.

ބެއިޖިންގައި ހުންނަ އެމެރިކާގެ ސަފީރު ނިކޮލަސް ބާންސްގެ އެމްބަސީން ރޮއިޓާސްއަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމެރިކާ ސަރުކާރުން ނުވަތަ އެމެރިކާގެ ކުންފުނިތަކަށާއި އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށް އަޅާ ކޮންމެ ފިޔަވަޅަކީ އަޅުގަނޑުމެންނަށް ވަރަށް ކަންބޮޑުވާ ކަމެއް ކަން އެމެރިކާއިން ޗައިނާއަށާއި އެހެން ގައުމުތަކަށް ވެސް އަބަދުވެސް ސާފުކޮށްދީފައިވާ ކަމަށެވެ. އަދި ރައްދުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!