ދުނިޔެ

ޖިމެއްގެ ފުރާޅު ވެއްޓި, ޗައިނާގެ 11 މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އުތުރުއިރުމަތީގެ ސްކޫލް ޖިމްނާޒިއަމްގެ ފުރާޅު ވެއްޓި 11 މީހަކު މަރުވެއްޖެ އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު ޗައިނާގެ އުތުރުއިރުމަތީގެ ސްކޫލް ޖިމްނާޒިއަމްގެ ފުރާޅު ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް މަންޒަރު ދުށް މީހުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދިން ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ހާލުގައި ޖެހިފައިވާ މައިންބަފައިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޖަމާވެ އަޕްޑޭޓް ހޯދަން ފަށައިފި އެވެ.
އިންޑަސްޓްރިއަލް ޕްރޮވިންސް ހެއިލޮންގްޖިއާންގްގެ ޖިމްތެރޭގައި ތިބި 19 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ އަށް މީހެކެވެ.

ފުލުހުން ވަނީ އެ ކުންފުނީގެ ވެރިން ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކައިރީގައި ހުރި އިމާރާތް ކުރުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ޖިމްގެ ފުރާޅުމައްޗަށް އަލިފާން ފަރުބަދައިގެ ބިއްލޫރި ބާވަތެއް ކަމަށްވާ ޕާލައިޓް އެއްލާލި ކަމުގެ ތުހުމަތެވެ.

ބޯކޮށް ވާރޭ ވެހުމާ އެކު ވިއްސާރައިގެ ފެން މިނެރަލް އިން ގިރުމުގެ ސަބަބުން ފުރާޅު ވެއްޓުނީ ރާއްޖެ ގަޑިން 15:00 ހާއިރު (ޖީއެމްޓީ ގަޑިން 07:00) ގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!