ދުނިޔެ

އަންނަ އޮކްޓޯބަރު މަހު ޕޫޓިން ޗައިނާއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކްރެމްލިންގެ ޚާރިޖީ ސިޔާސަތުގެ އެޑްވައިޒަރު ޔޫރީ އުޝާކޯވް އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަންނަ އޮކްޓޫބަރު މަހު ޗައިނާއަށް ވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށާއި، މި ދަތުރުފުޅު ރާއްވަވަނީ "ވަން ބެލްޓް، ވަން ރޯޑް" ފޯރަމަކާ ދިމާކޮށް ކަމަށެވެ.

Ads by WAMCO

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ރަޝިއާގެ އެންމެ މުހިންމު ބައިވެރިއަކަށް ޗައިނާ ވެފައި މިވަނީ، ހުޅަނގުގެ ގައުމުތަކުން މޮސްކޯއާ އެކު މިހާރުވެސް ހީނަރުވެފައިވާ ގުޅުން އިތުރަށް ހީނަރުވަމުން ދަނިކޮށް، ޕުޓިން އޭނާގެ ސިފައިން ޔޫކްރެއިންއަށް ފޮނުވަން ތައްޔާރުވަމުން ދަނިކޮށެވެ.

ޕޫޓިން އެންމެ ފަހުން ބެއިޖިންއަށް ވަޑައިގެންނެވީ ރަޝިޔާއިން "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ގެ ގޮތުގައި ސިފަކުރާ ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު އިގްތިސާދީ، ވިޔަފާރީގެ ދާއިރާ، ސިޔާސީ އަދި އަސްކަރީ ދާއިރާތަކަށް ފުޅާވެފައިވާ "ނޯ ލިމިޓްސް" ޕާޓްނާޝިޕެއް އިއުލާނު ކުރެއްވި އެވެ.

ރަޝިޔާއިން މިހާރު ޔޫރަޕަށް ނުވިއްކާ ތެލާއި ގޭހުން ޑިސްކައުންޓް ހޯދައިގެން ނަފާ ހޯދާފައިވާއިރު، އެމެރިކާ ޑޮލަރަށް އިސްކަންދީގެން ރަޝިޔާއިން އެގައުމުގެ ޔުއާން ރިޒާވް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާތަން ޗައިނާއިން ބަލަމުން އަންނައިރު، ހަނގުރާމައިގެ ޒިންމާ މޮސްކޯގެ ބޮލުގައި އަޅުވަން ޗައިނާއިން ދެކޮޅު ހަދައި، ރަޝިޔާއަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކުރެއެވެ.

އޭގެ ބަދަލުގައި ޝީ މޮސްކޯއަށް ވަޑައިގެންނެވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ޗައިނާއިން މޮސްކޯގައި ކަރުދާހެއް ހުށަހަޅައި، ޔޫކްރެއިންގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާއިރު، ކިއެވް އާއި ހުޅަނގުގެ ބައިވެރިން ވަނީ އެ ޕްލޭނަށް އިންކާރުކޮށް، ރަޝިޔާގެ ސަރަހައްދީ ފައިދާތަކަށް ހުރަސް އަޅާނެ ކަމަށް ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!